ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކަނޑު ހޯދުމުގެ މަސައްކަތް ފަށައިފި
މަރިޔަމް އަނާ
19 ޑިސެމްބަރ 2023 - 19:40
0
comments
ޗާގޯސް ޖަޒީރާ
Tweet
Telegram
ރާއްޖޭގެ ދެކުނުގެ ކަނޑުން ގެއްލުނުކަމަށް ބުނާ ސަރަހައްދު ހޯދުމަށް، ލިޔެކިޔުންތައް ދިރާސާކޮށް، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފިއެވެ. އެކަމަށްޓަކައި ވަނީ ޤާނޫނީ ޓީމެއްވެސް އެކުލަވާލައްވާފަ އެވެ.
ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލަ ރިވިއު ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ހާއްސަ ބަޔާނެއް މިއަދު ވަނީ ދީފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅު ރައީސުލްޖުމްހޫރިއްްޔާގެ އޮފީހުން ރަސްމީކޮށް ވަނީ ހާމަކޮށްފައެވެ.
ސަރުކާރުން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އެކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތަކ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ފުށުއަރާ ގޮތަށް އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒްގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފުރިހަމަ ކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާ ގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހާއި ހަވާލުކޮށްއިވާ ކަމަށެވެ.
އަދި އެނިންމުން ދިރާސާކޮށް މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަން ޖެހޭ މަސައްކަތް ބަންޑާރަ ނާއިބުގެ އޮފީހުން މިހާރު ފަށާފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ވަނީ، މިމައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައ،ި އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ދަނީ ކުރަމުންކަމަށެވެ. އަދި މިމައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅުއްވާފައިވާ ޤާނޫނީ ޕޮޒިޝަނާއި ޢަމަލުކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ދިވެހިރާއްޖެ އާއި ބައިނަލްއަޤްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައިކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ. އަދި މި މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައ،ި މިމަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަނާއިބު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައިކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:
- ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް
- މިނިސްޓްރ އޮފް ޑިފެންސްގެ ފަރާތުން ކާނަލް އަޙުމަދު މުޖުތަބާ
- މިނިސްޓްރ އޮފް ފޮރިން އެފެއާރޒްގެ ފަރާތުން ސެކްރެޓަރ، މަލްޓިލެޓެރަލް އަޙްމަދު ޝިއާން
މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ އަނިލްގެ ބެއްލެވުމުގެ ދަށުންކަމަށް ސަރުކާރުން ވިދާޅުވިއެވެ. މިކޮމިޓީގައި އަނިލް މަސައްކަތް ކޮށްދެއްވަނީ އެއްވެސް އަގެއް ނުނަންގަވާގޮތަށްކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރ،ު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2023 ގައި ފޮނުއްވާފައިވާ ސިޓީގެ ކޮޕީއާއި، އެސިޓީގެ ޖަވާބުގައ މޮރިޝަސްގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީއެއްވެސް ބަންޑާރަނައިބުގެ އޮފީހާ ވާނީ ހިއްސާކޮށްފައިކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީއަށް ބަލާއިރ،ު އެ ސިޓީއަކީ 24 ޖޫން 2022 ގައި ރުވާންޑާގައި ބޭއްވުނު ކޮމަންވެލްތްގެ ހެޑްސް އޮފް ގަވަރމަންޓް މީޓިންގގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއެކު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅަކަށް ޙަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓ އެއްކަމުގައިވީ ނަމަވެސ،ް މި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސް ޞާލިޙް
އާއި މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާކުރައްވާފައިވާ ކަންކަމާގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން ރެކޯޑުތަކުން ފެންނަން ނެތްކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.
"އަދި އދ ގެ ޖެނެރަލް އެސެމްބްލީގެ "އެޑްވައިސޮރ އޮޕިނިއަން އޮފް ދަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލ ގަލް ކޮންސިކުއެންސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާރޗެޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ރެސޮލޫޝަން އަށް މޮރިޝަސްއާ އެއްކޮޅަށް ދިވެހިރާއްޖެއިން ވޯޓުދޭނެ ކަމުގެ ޔަޤީންކަމާ ގުޅިގެނ،ް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލ.ްސީ.އެސް) އަށް ދިވެހިރާއްޖެއިން 2010 ވަނަ އަހަރު ހުށަހެޅި މައްސަލައާ ގުޅިގެން މޮރިޝަސް ގެ ފަރާތުން އިޢުތިރާޟެއް (objection)ހުށަހަޅާފައިވާ މައްސަލައަށް ހައްލެއް ލިބޭނޭކަމަށް އުއްމީދު ކުރައްވާކަމުގައި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ބަޔާންކުރައްވާފައިވީނަމަވެސ،ް އެ މައްސަލަ އާ ގުޅޭ އިތުރު އެއްވެސް ލިޔެކިޔުމެއް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން މި އޮފީހުގެ ރެކޯޑްތަކުން ފެންނާކަށް ނެތެވެ." ރައީސް އޮފީހުން ނެރުއްވި ބަޔާނުގައިވެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީގައިވާ ޢިބާރާތަށް ބަލާއިރ،ު ދިވެހިރާއްޖެއިން މޮރިޝަސްއަށް މި ސިޓ ފޮނުވާފައިވަނީ ވަކިކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވީ ކަމުގައިވީ ނަމަވެސ،ް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީ ގޮތުން އެކަން ތަންފީޒުވާކަން އެނގޭނޭ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނާކަށް ނެތްކަމަށް ސަރުކާރުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ކުރިޔަށްގެންދާ ދިރާސާތަކާއ،ި މި މައްސަލައިގައި އައްޔަނުކޮށްފައިވާ ދިވެހިރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާގެ މައްޗަށް ރިޢާޔަތްކޮށް ނިމިދިޔަ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ގެންގުޅުއްވާފައިވާ ޤާނޫނީ ޕޮޒިޝަންއާއި ޢަމަލުކުރައްވާފައިވާގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ބަންޑާރަ ނާއިބު ވަނީ ނިންމަވާފައިކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.
އަދި މިމަސައްކަތް ނިމުމުން މިކަމާބެހޭ މަޢުލޫމާތު ޢާންމުކުރުމަށް ވެސް ބަންޑާރަނައިބު ނިންމާފައިވާކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެކްލޫސިވް އިކޮނޮމިކް ޒޯން ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއެވެ. އަދި މިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި ދިވެހި ދައުލަތުން ފުރިހަމަ މާނައިގައި، އެއްވެސް ނުފުޒެއްނެތި، އިސްކުރާނީ، ދިވެހިރާއްޖޭގެ އެންމެ މަތ މަސްލަހަތު ކަމުގައިވެސް ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 މަސް ކުރިން
0
މޮރިޝަސްއަށް ޗާގޯސް ދޭތީ ރައީސްގެ ސިޓީއެއް އިނގިރޭސީންނަށް
1 އަހަރު ކުރިން
1
ކަނޑު ހޯދަން މުނައްވަރުގެ އެހީ ހޯދަން ފައްޓަވައިފި
1 އަހަރު ކުރިން
0
ކަނޑުން ގެއްލުނު ބައި ހޯދައި ދޭނެ: މިނިސްޓަރު ތޯރިގު
1 އަހަރު ކުރިން
0
ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން ބޭރުގެ ދެ އެކްސްޕާޓުންނާ ހަވާލުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވޯޓުގައި ބައިވެރިނުވުމުން ޕީއެންސީ މެންބަރުންގެ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްލައިފި
12 މިނެޓް ކުރިން
0
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލް ކޮމިޓީން ފާސްކޮށްފި
53 މިނެޓް ކުރިން
0
ވޯޓުގައި ބައިވެރިނުވި ޕީއެންސީގެ މެމްބަރުންނަށް ފިޔަވަޅު އަޅަނީ
4 ގަޑިއިރު ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ބިލު މަޖިލީހުން ބަލައިގެންފި
6 ގަޑިއިރު ކުރިން
0