ޚަބަރު
ކެންސަރު ފަރުވާއަށްފަހު މިނިސްޓަރު ރަމީލާ ރަސްމީ މަސައްކަތަށް
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ
ކެންސަރުގެ އާލަސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ފަހު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އޮފީހަށް ނުކުންނަވައިފި އެވެ.

ފަރުވާއަށްފަހު ރަމީލާ އަލުން މަސައްކަތަށް ނުކުމެވަޑައިގެންނެވިއިރު، އެކަމަނާ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާ ގަދަވެ ވަޑައިގެން ހެޔޮ ހާލުކޮޅުގައި ވީހާވެސް އަވަހާ އަލުން ހިދުމަތަށް ވަޑައިގަތުމަށް މުޅި ސަރުކާރު އިންތިޒާރުގައި އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީން ވިދާޅުވެފައިވެ އެވެ.

ދިވެހި ސަރުކާރުގެ ހިދުމަތް ރަމީލާ ފެއްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެއީ 1990 ވަނަ އަހަރުއެވެ. ވޭތުވެ މިދިޔަ 33 އަހަރުދުވަހުގެ ތެރޭ ސަރުކާރާ އަދި އަމިއްލަ ވިޔަފާރިތަކާ ހިދުމަތްތަކުގެ ދާއިރާގައި ވެސް ރަމީލާގެ ހިދުމަތް ދިވެހި ގައުމަށް ދިޔައީ ލިބެމުން ދިޔަ އެވެ. އެކަމަނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ހާސިލް ކުރައްވާފަ އެވެ.

މިނިސްޓަރު ރަމީލާ މިއަދު އޮފީހަށް ނުކުންނަވާ, މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންނެވި ކަން ރައީސް އޮފީހުން ޔަގީންކޮށްދެއްވަ އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު