ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައީސްގެ ރިޔާސީ ބަޔާނުގައި އޮތީ ދޮގާއި އޮޅުވާޅުން: އިދިކޮޅު
މަރިޔަމް އަނާ
19 ފެބުރުއަރީ 2024 - 11:30
0
comments
މަޖިލީހުގެ މެޖޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބުދާރީވަނީ -- ފޮޓޯ/ މަޖިލީސް
Tweet
Telegram
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ހެއްދެވީ މުޅިން އިތުރުފުޅާއި ހީލަތްތެރި ވާހަކަތަކާއި އޮޅުވައިލުން ކަމަށް، އެ ބަޔާނަށް ޖަވާބުދާރީވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އެމްޑީޕީގެ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހު 6 ވަނަ ދުވަހު މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވައިފަ އެވެ.
ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ބިގޭ ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީ ވެސް ދޮގާއި މަކަރުން ކަމަށެވެ. އަދި، ރިޔާސީ ބަޔާނުގައި ވެސް މަސައްކަތްޕުޅު ކުރައްވާފައިވަނީ އިތުރުފުޅު ހައްދަވައި، ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވައިލަން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
"ހިތާމައާ އެކު ކަންބޮޑުވުމާ އެކު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ދާދި ފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ތެދުވެރިކަމާ އެކު ބަޔާންކޮށްފައިނުވާކަން. ގައުމުގެ ހާލަތު ރައްޔިތުންނަށް އޮޅުވައިލައްވާފައިވާކަން،" އޭނާ ވިދާޅުވި އެވެ.
ބޯހިވާހިކަމަކީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވައި، ޕީޖީ ލީޑަރު ވިދާޅުވީ އެއީ މާލެއަށަް އެކަނި ދިވާމެފައިވާ މައްސަލައެއް ނޫން ކަމަށެވެ. މުޅި ރާއްޖޭގެ ހުރިހާ ހިސާބަހެއްގައި ވެސް އެއީ ވަރަށް ހައްސާސް ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެމްޑީޕީ ސަރުކާރުގައި އެކަން ހައްލުކުރުމަށް ފެށި ބައެއް ކަންކަން އޭނާގެ ވާހަކައިގައި ގެންނެވި އެވެ.
ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ބައެއް ވާހަކަތަކަކީ އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން ކުރަން ފަށާފައިވާ ބައެއް ކަންކަމެވެ. އޭގެ ތެރޭގައި ގެދޮރު އެޅުމަށް ލުއި ލޯނު ދޫކުުރުމާއި ބޯހިޔާވަހިކަމަށް ޕޯޓަލްއެއް ހެދުން އަދި ސިފައިންނާއި ފުލުހުންގެ ފްލެޓްގެ ކުލި ކުޑަކުރުމަކީވެސް އެމްޑީޕީގެ ސަރުކާރުންކޮށް ނިންމާފައިވާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ސިއްހީ ދާއިރާއާ ގުޅޭ ގޮތުން ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ހުރި ކަންކަންކަމަކީ ކުރީ ސަރުކާރުން ފަށާފައިވާ ކަންކަންކަމަށް އޭނާ ވިދާޅުވި އެވެ.
ބިގޭ ވަނީ ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ކުރީ ސަރުކާރުން ރަށްރަށުގައި ފެށި މަޝްރޫއުތަކާއި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ވެސް އަލުން މި ސަރުކާރުން ހުއްޓުމެއް ނެތި ކުރިޔަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާ ސިފައިންގެ ވާހަކަ ދައްކައިގެން ވެރިކަމަށް ވަޑައިގަތް ނަމަވެސް އެ ސިފައިންނާ ބެހޭ އެއްވެސް މައުލޫމާތެއް ރިޔާސީ ބަޔާނުގައި ނުދެއްވާ ކަމަށް ބިގޭ ވިދާޅުވި އެވެ. އޭގެން އެނގެނީ ރާއްޖޭގައި ހަތިޔާރު އެޅި ބޭރުގެ ސިފައިން ރާއްޖޭގައި ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމައެހެންމެ، މަތީ ތައުލީމަށް އަލިއަޅުއްވައިލެއްވި މިންވަރު ކުޑަކަމާއި ކުރީ ސަރުކާރުގެ މަޝްރޫއުތަކާ ގުޅިގެން އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތުކުރައްވައި ބިގޭ ވަނީ ރިޔާސީ ބަޔާނަކީ "ބުހުތާނު ދޮގު" ހިމެނޭ ބަޔާނެއް ކަމަށް ވިދާޅުވެފައެވެ.
"މިފަދަ ބޮޑު ދޮގުތަކުން ދެނެއް ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ. އެއް ހަރަކުން ދެ ފަހަރު މުއުމިނެއްގެ ގަޔަށް ކައްޓެއް ނުޖެހޭނެ،" ރިޔާސީ ބަޔާނަށް ޖަވާބުދާރީވަމުން ބިގޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހާމަކަން ބޮޑު ސަރުކާރެއް އެކުލަވައިލާނެ ކަމަށް ވައުދުވެލެއްވި ނަމަވެސް، މި ސަރުކާރުން ޚަރަދުތަކުގެ ތަފުސީލުތައް ހާމަކުރުން ވެސް ހުއްޓާލައިފައިވާ ކަމަށެވެ. އަދި، ރަޖިސްޓްރީނުކުރާ ބައެއް ވެބްސައިޓުތައް ބަންދުކުރުމުން ދޭހަވަނީ މި ފަސް އަހަރަކީ ނޫސްވެރިންނަށް ކަޅު، އަނދިރި ފަސް އަހަރުކަން ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި މިނޫން ވެސް ގިނަ އޮޅުވައިލުންތަކެއް ހުރި ކަމަށް ތުހުަމަތުކުރައްވައި އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަަމަށްވާ މަސްތުވާތަކެތީގެ މައްސަލައަށް ރިޔާސީ ބަޔާނުގައި އަލިއަޅުވައިނުލުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ގަޑިއިރު ކުރިން
0
ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ގަޑިއިރު ކުރިން
0
ދީމާ މުޅި ގައުމު ފަހުރުވެރިކޮށްދީފި: ރައީސް
15 ގަޑިއިރު ކުރިން
0
އުމްރާ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގަންނަވައިފި
21 ގަޑިއިރު ކުރިން
0
ސިންގަޕޫރުގެ އާ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
1 ގަޑިއިރު ކުރިން
0
މަސްތުވާތަކެއްޗާއެކު މާލެއިން 5 މީހަކު ހައްޔަރުކޮށްފި
1 ގަޑިއިރު ކުރިން
0
ހޯރަފުށީ ހޮސްޕިޓަލާއި ގުޅޭ އަޕްޑޭޓް އޮޅުން ފިލުއްވައިފި
13 ގަޑިއިރު ކުރިން
0
އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި
13 ގަޑިއިރު ކުރިން
0