ވިޔަފާރި
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އާއްމުކޮށްފި
މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ބޭނުމުގައި ތަރައްގީކުރަމުން އަންނަ ކ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން މިއަދު އާއްމުކޮށްފި އެވެ.

ގުޅީފަޅުގައި ތަރައްގީކުރާ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިން އަށް ބޮޑު ސަރަހައްދެއް ކަނޑައަޅާފައި ވެއެވެ. އަދި އެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ބިން ކަނޑައަޅާފައި ވެއެވެ. މިގޮތުން ތައުލީމީ ހިދުމަތާއި ސިއްހީ ހިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި ސިޓީ ހޮޓާ ތަރައްގީކުރުމަށް ވަކި ސަރަހައްދުތައް ކަނޑައެޅިފައި ވެއެވެ.

މީގެ އިތުރުންވެސް، ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެ ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްގީ ކުރުމަށް ޕްލޭން ގައި ކަނޑައެޅިފައި ވެއެވެ. އަދި ގުޅީފަލާއި މާލެ، ތިލަމާލެ ބުރިޖުން ގުޅާލާފައި ވުމަކީވެސް ގުޅީފަޅުގައި އާބާދުވާ ފަރާތްތަކަށް ލިބޭނެ ބޮޑު ފަސޭހައެކެވެ.

ގުޅީފަޅުގައި އިގްތިޞާދީ މަސައްކަތްތަކަށް ވެސް ޚާއްސަ ސަރަަހައްދުތައް ކަނޑައަޅައިފައިވެއެވެ. އެގޮތުން ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފާރިތަކަށް ޚާއްސަ ސަރަހައްދުތަކެއް އެ ޕްލޭންގައި ކަނޑައަޅައިފައިވެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ޚާއްސަކޮށް ސިޓީ ހޮޓާ ތަރައްގީކުރުމަށް ވެސް ވަނީ ބިން ކަނޑައަޅައިފައެވެ.

ގުޅީފަޅު ހިއްކުމަށް ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫއުގެ ދަަށުން ހިއްކަންޖެހޭ 150 ހެކްޓަރުގެ ތެރެއިން މިހާތަނަށް 100 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ.

ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި އޮތީ ދޫކޮށްފައެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފައިވާއިރު، މި ތަނަކީ ކުރިއަށް އޮތްތަނުގައި ތިލަމާލެ ބްރިޖާއެކު ވެރިރަށް މާލެއާ ގުޅޭނެ ރަށެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު