ޚަބަރު
އާރުޑީސީގެ 14 މިލިއަންގެ ހިޔާނާތެއް ބަލަނީ
އާރުޑީސީގެ އެތައް މިލިއަން ރުފިޔާގެ ހިޔާނާތުގެ ބޮޑު މައްސަލައެއްގެ ބައެއް ތަފްސީލް ހާމަކޮށް އެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންނާއި އެންޓި ކޮޕަރްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ހިންގަމުންދާ ކަން ހާމަކޮށްފި އެވެ.

އާރުޑީސީއާ ގުޅޭ 13 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މީޑިއާތަކުން ފަޅާ އަރުވާލި އެވެ. އެ ތުހުމަތު އޮތީ އާރުޑީސީ ގައި ކުރީން އިސްކޮށް ތިއްބެވި ތިން ވެރިއަކަށެވެ.

މީގެ ދޮޅު އަހަރު ކުރިން ސެޕްޓެމްބަރު، 2022، ގައި ހުށަހެޅި އާރުޑީސީއާ ގުޅޭ މައްސަލާގައި ދައުރުވެފައިވަނީ ކިހާ އަދަދެއްގެ ފައިސާކަން ދަންނަވަން ވެސް އަދި އުނދަގޫ ކަމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވެ އެވެ.

"އަޅުގަނޑުމެން އެއްވެސް މީހަކާ ސުވާލެއް ނުކުރަން އެގޮތަކަށް. އަޅުގަނޑުމެންނަށް ކޭސް ލިބުނީމާ ކޭސް ބިލްޑް ކުރާނީ," ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑު ސްޕްރިންޑަންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

މިއީ ތިން މީހެއްގެ އެކައުންޓަށް ވަދެފައިވާ ފައިސާއާ ގުޅޭ މައުލޫމާތު ކަމަށާއި މިހާތަނަށް 14 މިލިއަން ރުފިޔާ އެ މުވައްޒަފުންގެ އެކައުންޓަށް ވަންކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު އިތުރު އެއްވެސް ތަފްސީލެއް ދީފައި ނުވެ އެވެ.

އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ޓްރާންސެކްޝަންތަކުގެ ހަގީގަތް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީން ބައިވެރިވި އަލީ އާދަމް ވިދާޅުވީ އާރުޑީސީގެ ފައިސާތަކެއް އެ ކުންފުނީގެ މުވައްޒަފުންތަކެއްގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ އަމިއްލަ ބޭނުންތަކުގައި ބޭނުންކޮށް ހިޔާނާތާއި މަނީލޯންޑަރިން އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބޭނުންކޮށްފައިވާކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. 

އޭނާ ފާހަގަކުރެއްވި ގޮތުގައި އެ މައްސަލަ އޭސީސީން ބަލަން ފެށީ ދައުލަތުގެ އިދާރާއަކުން އެކަން އެ ކޮމިޝަންގެ ސަމާލުކަމަށް ގެނައުމުންނެވެ. 

"އަޅުގަނޑުމެންނަށް ދަންނަވަން އުނދަގޫ މީގެ ތެރެއިން އެއްވެސް މީހަކާ މެދު އަދި ދައުވާ ކުރެވޭ ވަރަށް އަޅުގަނޑުމެންނަށް ހެކި ލިބިފައި އެބަހުއްޓޭ," ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ހެޑް، އަހްމަދު ނާފިޒް މިއަދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
6 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު