ވިޔަފާރި
އެސްޓީއޯއިން ފިޔާ ކިލޯއެއް 17ރ. އަށް ވިއްކަނީ
ރޯދައާ ދިމާކޮށް އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށްފި އެވެ. އެސްޓީއޯއިން ވަނީ ފިޔާ ކިލޯއެއް 17ރ. އަށް ކުޑަކޮށްފަ އެވެ. ކުރިން ފިޔާ ކިލޯއެއް ވިއްކީ 20ރ. އަށެވެ.

އެސްޓީއޯއިން ބުނީ ފިޔާ ބަސްތާއެއް މިހާރު ވިއްކަނީ 320ރ. އަށެވެ. ކުރިން ބަސްތާއެއް ވިއްކަނީ 450ރ. އަށެވެ.

އެސްޓީއޯއިން ރާއްޖެއަށް ފިޔާ އެތެރެކުރަނީ އިންޑިއާއިންނެވެ. ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަަށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓްތައް ރާއްޖެއިން ބޭރުން ގެނެސް، ރާއްޖޭގެ ބާޒާރުގައި ހޯލް ސޭލް އަދި ރީޓެއިލްކޮށް ވިއްކައެވެ.

ފިޔާގެ އިތުރުން އެސްޓީއޯއިން އަލުވި ވިއްކަނީ ކިލޯއެއް 15 ރުފިޔާއަށެވެ. އަދި ބިސް ވިއްކާނީ ބިހެއް 1 ރުފިޔާ 75 ލާރީގެ މަގުންނެވެ.

ރޯދަމަހު އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. އަދި މިބާވަތްތަކުގެ ޑިމާންޑް ބޮޑުވުމާއިއެކު، ރާއްޖޭގެ ފިހާރަތަކުންނާއި، ބާޒާރުން އެބާވަތްތަކުގެ އަގު އުފުލެއެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު