ވިޔަފާރި
އެސްޓީއޯއިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށަައިފި އެވެ.

މި ޕްރޮމޯޝަނުގައި 108ރ. އަށް ވިއްކާ "ޕަޔަނިއާ" ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާ 90ރ. އަށް ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަނުގައި 1500ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވަރީ ވެސް ކޮށްދޭނެ އެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަނުން ލިބިގެންދާ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި އަތޮޅުތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާ އަދި އާންމު ފަރުދުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. 

އަދި 1،500ރ. ރުފިޔާ އަށް ވުރެ މަތިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ސިމެންތިބާސްތާތައް ލޯޑްކޮށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވަރީކޮށްދޭ ނެއެވެ.

"ޕަޔަނިއާ" ބްރޭންޑް ސިމެންތި އަކީ ޔޫއޭއީގައި އެންމެ މަގުބޫލް އެއް ސިމެންތި ބްރޭންޑެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު