ވިޔަފާރި
ރޯދަ ހަދިޔާ ދެން ދޫކުރާނީ އެސްޓީއޯ ކާޑު ގުދަނުން
ރޯދަމަހު ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ސަރުކާރުން ބަހާ ހަނޑުލާއި ފުށް ދެން ލިބޭނީ އެސްޓީއޯގެ ކާޑު ގުދަންތަކުން ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކޮންމެ ގޭބިސީއަކަށް 10 ކިލޯފުށް އަދި 10 ކިލޯ ބާސްމަތީ ހަނޑޫ ވަނީ ބަހާފަ އެވެ. އެސްޓީއޯ އިން މިއަދު ބުނީ މާލެ ސަރަހައްދުން އެތަކެތި ނުގެންދާ ފަރާތްތަކަށް މިއަދުން ފެށިގެން ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށްވާ، މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކާޑު ގުދަނުން ލިބޭނެ ކަމަށެވެ.

ކާޑު ގުދަނުން ހަދިޔާ ދޫކުރާނީ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ. ހުކުރު ދުވަހު ދުލެއް ނުކުރާނެ އެވެ.

މިއީ ދިވެހިންނަށް އެކަނި ލިބޭ ހަދިޔާއެކެވެ. މި ތަކެތި ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރު ބެލުމަށް ފަހު، ބަލާ އަންނަ ފަރާތުގެ އައިޑީކާޑު ނަންބަރާއި ނަން ނޯޓު ކުުރުމަށްފަހު އެވެ.

ރަށްރަށުގައި ހަދިޔާ ދޫކުރަނީ އެރަށްރަށުގެ ކައުންސިލުންނެވެ. މާލެ ސަރަހައްދުގައި ކުރީން ހަދިޔާ ބަހާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު