ޚަބަރު
ހުޅުމާލެ އަށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން ފިހާރައެއް
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ހުޅުވައިފި އެވެ.

ހުވަނދުމާ ހިނގުމުގައި ކުރިން އެސްޓީއޯ މާޓު ހުރި ތަނުގައި ހުޅުވި މި ޝޯރޫމް ހުޅުވައިދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ.

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ކުންފުންޏެވެ.

މީގެ އިތުރުން ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރީޓާއި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑް ކަމަށްވާ ކޯނޭ ލިފްޓް އަދި މަކިޓާ ޓޫލްސް ފަދަތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮށްދޭ ކުންފުންޏެވެ.

އެސްޓީއޯގެ ތާރީހުގައި އެ ކުންފުންޏަށާއި ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތަށްވެސް ގިނަގުނަ ފާހަގަކޮށްލެވޭ ތާރީހީ ކުރިއެރުންތަކެއް އެސްޓީއޯ ކޮންސްޓްރަކްޝަނުން ވަނީ ގެނެސްދީފަ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު