ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އައްލައްކަ ރުފިޔާ ދެއްކުމަށް މެންބަރު އިސްމާއީލް އަހްމަދުގެ މައްޗަށް ހުކުމްކޮށްފި
އަލީ ރާޒީ
12 މާޗް 2024 - 16:33
2
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދުގެ ކުންފުންޏަކުން ހަވާލުވި އުމްރާނީ މަސައްކަތެއް ސަބް ކޮންޓްރެކްޓް ކުރި މީހަކަށް ދައްކަން ޖެހޭ ކަމަށް ބުނާ އަށް ލައްކަ ރުފިޔާގެ ދައުވާ އަކީ ކުރިން ވެސް ސާބިތުނުވާ ދައުވާއެއް ކަމަށް ވާތީ ފައިސާ ދައްކަން ކުރި ހުކުމް ބާތިލްކޮށްދިނުމަށް އެދިވަޑައިގެން އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
މެންބަރު އިސްމާޢީލްގެ މައްޗަށް ދަރަންޏެއް ސާބިތުވީ، ތ.އަތޮޅު ކަނޑޫދޫ ސްކޫލުގައި ތިން ކްލާސް ރޫމްގެ ޢިމާރާތެއް އެޅުމުގެ މަޝްރޫޢު، އޭނާގެ ކުންފުންޏަކުން ނަގައިި ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖެއްސި މޫސާ ހަލީލް ކިޔާ މީހަކަށް ފައިސާ ދައްކާފައި ނުވާތީއެވެ. އެގޮތުން އެކުންފުންޏަށް މަސައްކަތް ހަވާލުކުރީ 1.28 މިލިއަން ރުފިޔާއަށްނަމަވެސް މަސައްކަތްކުރި މިހާއަށް 425،000 ރުފިޔާ ދިނުމަށް ފަހު ބާކީ ފައިސާ ދީފައި ނުވާކަމަށް ޙުކުމުގައިވެއެވެ. މިދިޔަ މަހުގެ 29ގައި ސިވިލް ކޯޓުން ކުރި ޙުކުމުގައި ވަނީ އެ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި 856،830.19 ރުފިޔާގެ ދަރަނި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަން އިސްމާޢީލް އަޙްމަދުގެ މައްޗަށް ޢަމުރުކުރާކަމަށެވެ.
ދަޢުވާއަށް ޖަވާބުދާރީވާން ސިވިލް ކޯޓުން ދިން ފުރުޞަތުގައި މެންބަރު އިސްމާޢީލް އަޙްމަދު ޖަވާބުދާރީވެފައިނުވެއެވެ. އެހެންކަމުން ކޯޓުން އޭނާގެ މައްޗަށް ދަރަނި ސާބިތުވާކަމަށް ހުކުމް ކުރީ ގައިރު ހާޒިރުގައެވެ.
އިސްމާއީލްއާ ދެކޮޅަށް ހަލީލް ކުރާ ދައުވާ އާއި ގުޅިގެން ސިވިލް ކޯޓަށްވެސް އަދި ހައިކޯޓަށްވެސް އިސްމާއީލް ހާޒިރު ނުވާތީ ދެ ކޯޓުންވެސް މައްސަލަ ނިންމާފައިވަނީ އިސްމާއީލްގެ ޣައިރު ހާޒިރު ގައެވެ.
ފައިސާ ތަކެއް ދެއްކުމަށް ދުވާފަރު ދާއިރާގެ މެންބަރުގެ ގޮތުގައި މިހާރުވެސް ހުންނެވި އިސްމާއީލްގެ މައްޗަށް ހުކުމެއް ކޮށްފައި މިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި އޭނާ ދުވާފަރު ދާއިރާއަށް ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށެވެ.
ޤާނޫނު އަސާސީގައި ބަޔާންކުރަނީ އަދާކުރަންޖެހޭ ސާބިތު ދަރަންނެއް އޮތް މީހަކު، އެ ހުކުމާ އެއްގޮތަށް ދަރަނިއަދާކުރަމުން ނުދާކަމުގައިވަނީނަމަ، އެމީހާގެ މެންބަރުކަމުގެ ޝަރުޠު ހަމަނުވާކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
މައިނޯރިޓީއަށް އިހުތިރާމްކުރާނަން: ސަލީމް
5 ދުވަސް ކުރިން
0
އާ މަޖިލިސް ހުވާ ކުރުން މޭ 28 ގައި
5 ދުވަސް ކުރިން
1
ޕީއެންސީގެ ކާމިޔާބީ އަށް ނަޝީދުގެ މަރުހަބާ
16 ދުވަސް ކުރިން
0
ސަފީރުންނަށް ރުހުން ދިނުން ލަސްވާތީ ރައީސްގެ ކަންބޮޑުވުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
2 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބީއެމްއެލްއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
6 ގަޑިއިރު ކުރިން
0
އަބްދުއްރަހީމް، މަޖިލިހުގެ ރައީސްކަމަށް...!
6 ގަޑިއިރު ކުރިން
0
ތުރުކީއަށް 214 ބާވަތަކުން ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ
24 ގަޑިއިރު ކުރިން
0
ވަގު ސިމް ހުއްޓުވަން ޑީއެންއާރާއިި ދިރާގުން އެއްބަސްވުމަކަށް
24 ގަޑިއިރު ކުރިން
0