ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ވާނުވާ ބަންދުގެ މައްސަލައަށް ގާނޫނީ ހައްލެއް ހޯދައިދޭނަން: ރައީސް
މަރިޔަމް އަނާ
14 މާޗް 2024 - 11:52
0
comments
Tweet
Telegram
ޝަރީއަތް ނިމެންދެން ކުށުގެ ތުހުމަތު ކުރެވޭ ބައެއް މީހުންނަށް ޖަހާ "ވާނުވާ" ބަންދުގެ ކަންކަން ހައްލު ކުރުމުގެ ގޮތުން ތަހުގީގު މަރުހަލާ އިތުރަށް ހަރުދަނާ ކުރަމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ރައީސް މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ " ރައީސްގެ ޖަވާބު" ޕްރޮގްރާމަށް މ.މުލަކު، އޯޝަންލެޑް، ނަޝީދާ ޙަސަން، ކުރެއްވި ސުވާލަށް ދެއްވި ޖަވާބު ދެއްވަމުންނެވެ. އޭނާ ސުވާލުކުރީ، ޝަރީޢަތް ނިމެންދެން ކުރާ ބަންދު ނުވަތަ "ވާނުވާ"ގައި ތިބޭ މީހުން ދޫކޮށްލުމަކީ ރައީސްގެ ވަޢުދެއްކަމަށާއި އެކަން ކުރައްވާނީ ކޮން އިރަކުތޯއެވެ.
"އެކަމާ ގުޅޭގޮތުން މިހާރު އިސްލާހުތަކެއް ގާނޫނަށް ގެނައުމަށް ލީގަލް މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިފިން. އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް މައްސަލައަށް ގެނެވޭނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ މަސައްކަތް މިދިޔަ މަހު ފައްޓަވާނެކަން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު ވަނީ އިއުލާނުކުރައްވައިފައެވެ. އެގޮތުން، ވާނުވާ ބަންދު ނިމުމަކަށް ގެންނަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުގެ މި ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ގަޑިއިރު ކުރިން
0
މުއިއްޒުގެ ރިޔާސީ ވައުދެއް ފުދެނީ؛ އިންޑިއާ ސިފައިން ހުސްވާން ބާކީ 7 ދުވަސް..!
21 ގަޑިއިރު ކުރިން
0
ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދެނީ
1 ދުވަސް ކުރިން
0
އޯއައިސީ ސަމިޓްގައި ރައީސްގެ މަންދޫބެއްގެ ގޮތުން ޑރ. ޝަހީމް
1 ދުވަސް ކުރިން
0
ޑރ. ރަމްޝާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މުއިއްޒުގެ ރިޔާސީ ވައުދެއް ފުދެނީ؛ އިންޑިއާ ސިފައިން ހުސްވާން ބާކީ 7 ދުވަސް..!
10 ގަޑިއިރު ކުރިން
0
މާލޭ މަގުމައްޗަށް ކުނިއަޅާ ބިދޭސީއަކު ޑީޕޯޓުކޮށްލަނީ
11 ގަޑިއިރު ކުރިން
0
ނޫސްވެރިކަމަކީ ވަރަށް ތޫނު ހަތިޔާރެއް: ހަލީލު
12 ގަޑިއިރު ކުރިން
0
ބްރޯޑްކޮމް އާއި އެމްއެމްސީ އެއްކޮށްލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
13 ގަޑިއިރު ކުރިން
0