ޚަބަރު
މަޖިލިސް އިންތިހާބަށް އޭޕްރިލް 21، 22 ބަންދުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަހާއި ޖެހިގެން އަންނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލިސް އިންތިހާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން އަންނަ މަހުގެ 21 ވާ އާދީއްތަ ދުވަހާއި 22 ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ.

އެ ދެ ދުވަސް ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖެއްސެވީ އެއީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވުމާ އެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން އުޅޭނެތީ، ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައި ވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 21 ވަނަ ދުވަހުއެވެ. ވިހި ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު