ޚަބަރު
މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 8،000ރ. ބަހަން ފަށައިފި
މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 8،000ރ. ބަހަން އިއްޔެ ފަށައިފި އެވެ. 

އިސްލާމިކް މިނިސްޓަރު އަދި ޒަކާތުގެ ހައުސްގެ ޗެއާމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މާލޭގައި ފަގީރުންގެ ގޮތުގައި ދަފުތަރު ކުރެވިފައިވާ ކޮންމެ މީހެއްގެ ބޭންކު އެ ކައުންޓަށް އެ ފައިސާ ޖަމާވާނެ ކަމަށެވެ.

"އެކި ސަބަބުތަކާ ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތި ކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ވެސް ފިތުރު ޒަކާތުން އެހީތެރިކަން ލިބޭނެ. ކުޑަކުދިންގެ ހިޔާއާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށްވެސް ފިތުރު ޒަކާތުން ލިބޭނެ،" ޝަހީމް ވިދާޅުވި އެވެ.

އެ މިނިސްޓްރީން ބުނީ ޒަކާތު ފައިސާ ޖަމާވާނީ "ސީދާ އެމީހެއްގެ އެކައުންޓަށް" ކަމަށެވެ.

އެކިއެކި ސަބަބުތަކާ ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތި ކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ވެސް ފިތުރު ޒަކާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާާއި ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ މީހުންގެ މަރުކަޒުގައި ތިބި މީހުންނަށް ވެސް ފިތުރު ޒަކާތު ފައިސާ ލިބޭނެ ކަމަށް އެ މިނިސްްރީން ބުންޏެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި މާލެއަށް 4.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ނުވަ މިލިއަން ރުފިޔާ ލިބިފައި ވާއިރު، މާލެއިން 1736 މީހަކަށް ބަހާފައިވަނީ ބޮލަކަށް 3،450ރ. ގެ މަގުންނެވެ. ފަގީރުންގެ ދަފުތަރުގައި ޖުމުލަ 8،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު