ޚަބަރު
އެމެރިކާ ނޭވީ އިސްވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފި
އެމެރިކާގެ ސްޕެޝަލް އޮފަރޭޝަންސް ކޮމާންޑް ޕެސިފިކްގެ ކޮމާންޑަރު ރިއާ އެޑްމިރަލް ޖެރޮމީ ވިލިއަމް ރާއްޖެ ޒިޔާރަތް ކުރައްވައިފި އެވެ.

މި ޒިޔާރަތުގައި ކޮމާންޑަރު ރިއާ އެޑްމިރަލް ޖެރޮމީ ވަނީ އެމްއެންޑީއެފްގެ އިސް ލީޑަރުންނާއި ބައްދަލުކުރައްވާފަ އެވެ.

ޖެރަމީގެ ދަތުރާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ މި ދަތުރުގެ ތެރޭގައި އެމެރިކާގެ ނޭވީ އާއު އެމްއެންޑީއެފްއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް އެކި މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ދެ ފަރާތުގެ މަސްލަހަތު އޮންނަ ދާއިރާތަކުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް ބުންޏެވެ.

އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ ވެސް މިދިޔަ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކުރެއްވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު