ދުނިޔެ
އެމެރިކާގެ އާ ހަތިޔާރު ޕެކޭޖް 2000 ބޮމާ އެކު އިޒުރޭލަށް
ރަފާއަށް ހަމަލާ ދޭނެ ކަމުގެ ބިރު އޮތް ދަނޑިވަޅުގައި ހަތިޔާރުގެ އާ ޝިޕްމެންޓެއް އެމެރިކާއިން އިޒުރޭލަށް ފޮނުވަން ނިންމައިފި އެވެ. 

އެތައް ބިލިއަން ޑޮލަރެއްގެ ބޮމާއި ފަޔަރ ޖެޓްތައް އިސްރާއީލަށް ފޮނުވަން ޖޯ ބައިޑަން ރުހުން ދިންއިރު އޭގެތެރޭގައި ހިމެނެނީ 1،800 އަށް ވުރެ ގިނަ އެމްކޭ84 ގެ 2،000 ޕައުންޑްގެ ބޮމާއި، އެމްކޭ82 500 ޕައުންޑްގެ ބޮމާއި 25 އެފް-35 އެވެ.

އެމެރިކާއިން އެގައުމުގެ ޒަމާންވީ ބައިވެރިޔާ އިސްރާއީލަށް އަހަރަކު 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދެ އެވެ. 

މި ހަތިޔާރުތަކަށް ރުހުންދިނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ ދެކުނަށް ހަމާސްއިން ދިން ހަމަލާއާ ގުޅިގެން ގާޒާގައި ހިންގި ގަތުލުއާންމުތަކަށް މުޅި ދުނިޔޭގެ ފާޑުކިޔުންތަކެއް އިސްރާއީލަށް ކުރިމަތިވެފައިވާ ދަނޑިވަޅުގައި އެމެރިކާ ބައިވެރިނުވާ ވޯޓަކުން އދ.އިން ފަލަސްތީނު ރައްޔިތުން މެރުން ހުއްޓާލަން ފާސްކޮށްފައި ވަނިކޮށްކަން ފާހަގަ ކުރެވެ އެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ރިޕޯޓްކުރާ ގޮތުގައި މިހާތަނަށް ގާޒާގައި ޝަހީދުވި މީހުންގެ އަދަދު 32،000 އަށް ވުރެ މައްޗަށް އަރައެވެ. 

އެމެރިކާއިން އިސްރާއީލަށް ދޭ އަސްކަރީ އެހީ ހުއްޓާލުމަށް ރައީސް ޖޯ ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުން ވަނީ އިލްތިމާސްކޮށްފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު