ޚަބަރު
މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:00 ން ފެށިގެން މެންދުރު 12:00އާ ހަމައަށެވެ. މި ވަގުތުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ލަފާކުރެއެވެ. އެ އިދާރާއިން ވަނީ ރޭ 11:00އިން ފެށިގެން ފަތިހު 5:00އާ ހަމައަށްވެސް މުޅިރާއްޖެއަށް ހުދު ސަމާލު ނެރެފަ އެވެ. 

މެޓުން ބުނެފައިވަނީ މި ވަގުތުތަކުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް ރޭ ދަންވަރު 2:45 އިން ފެށިގެން ހެނދުނު 7:00 އާއި ހަމައަށް ވަނީ ރީނދޫ ސަމާލުވެސް ނެރެފަ އެވެ. މި ސަމާލުގައި މެޓުން ބުނެފައިވަނީ ބޯކޮށް ވާރޭވެހި، ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބޯކޮށް ވާރޭ ވެހޭ ސަރަހައްދުތަކުގައި ފެން ބޮޑުވުން އެކަށީގެންވާކަމަށާއި މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދަނީ ދެ މޫސުންބެދޭ ވިއްސާރަ ކަމަށެވެ.

ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް ކަމަށްވާ، އައްސިދަ ފެށުނީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ނަމަވެސް، އެ ދުވަސްވަރު ވަރަށް ހޫނު ގަދަ އެވެ. އެކަމަކު މި ފަހުން އަންނަނީ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންނެވެ. މެޓު އޮފީހުން ބުނީ އިއްޔެ އާއި މިއަދު ކުރާ ވިއްސާރަ މާދަމާ އަލި ވާނެ ކަމަށާއި އެކަމަކު އެއަށް ފަހު އަނެއްކާ ވެސް ގަދަކޮށްލާނެ ކަމަށެވެ.

"މިއީ ދެ މޫސުން ބެދޭ ވިއްސާރަ ކަމުން މި ކަހަލަ ގޮތަކަށް މޫސުން އުޅޭނީ. އާއްމު ގޮތެއްގައި މި ދުވަސްވަރު ގަދަވާނެ،" މެޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު