ޚަބަރު
ސީއެސްސީގެ މެންބަރު ކަމަށް ފާތިމަތު ހަބީބާއަށް ރުހުން ދީފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މަގާމަށް ފާތިމަތު ހަބީބާ އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ހުސްވެފައިވާ ސީއެސްސީގެ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާ ކަމަށެވެ. 

އެގޮތުން މި ތިން ބޭފުޅުންނަކީ، ދަފްތަރު 9472، ފާތުމަތު ހަބީބާ އާއި ދަފްތަރު ނަންބަރު 7505، އަބްދުލް ހަސީބު އިސްމާއިލްގެ އިތުރުން، މއ. ފޮރެސްޓު، މަރިޔަމް ޝާހިދާއެވެ. 

މަޖިލީހުން މިއަދު ރުހުން ދިން ފާތިމަތު ހަބީބާ އަކީ ސެޕްޓެމްބަރު 1، 2015 އިން ފެށިގެން ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އިސްވެރިޔާ އެވެ.

ފާތިމަތު ހަބީބާ އަކީ ޔުނިވަސިޓީ ޓެކްނޮލޮޖީ މެލޭޝިއާ އިން މާސްޓާސް އޮފް ސައިންސް (ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ މަގާމުގައި ހުންނެވި، ފާތުމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ. 

ސީއެސްސީގެ މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހްއާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފް އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު