ޚަބަރު
ޗައިނާ އިން ހަދިޔާކުރި ފެނާ ރަސްމީކޮށް ހަވާލުވެއްޖެ
ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި 1500 ޓަނުގެ ފެނާ ފޮރިން މިނިސްޓްރީ އިން ރަމްޒީކޮށް ހަވާލުވުން
ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންއިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމި 1،500 ޓަނުގެ ބޯފެން ރާއްޖެއަށް ލިބިއްޖެ އެވެ.

ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަން އިން ރާއްޖެއަށް ބޯފެން ހަދިޔާކުރި ކަން ހާމަކުރީ އެ ރީޖަންގެ ޗެއާމަން ޔަން ޖިން ހައި މިދިޔަ އަހަރު ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް މުހައްމަދު މުއިއްޒުއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. އެ  1،500 ޓަނުގެ ބޯފެން ރާއްޖެ ގެނައީ މިދިޔަ މާޗު މަހު އެވެ. 

ސަރުކާރުން ވަނީ އެ ފެން ރާއްޖޭގައި ފެނަށް ޖެހޭ ރަށްތަކަށް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ މޯލްޑިވްސް އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް އަލިއަޅުވާލައްވައި، ގޮންޖެހުންތަކާއި ދަތި ދަނޑިވަޅުތަކުގައި ޗައިނާއަކީ ރާއްޖޭގެ ރަހުމަތްތެރި ޤައުމެއްގެ ގޮތުގައި އަބަދުވެސް ދެމިއޮންނަކަން ފާހަގަކުރައްވާފައެވެ.

ޝީޒަން އޮޓޮނޮމަސް ރީޖަންއިން ރާއްޖެއަށް ބޯފެން ހަދިޔާ ކުރުމުން ޒަމީރު ވަނީ ޝުކުރުއަދާކުރައްވައިފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު