ޚަބަރު
ރާއްޖޭގެ ގައުމީ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބާއްވަނީ
ރާއްޖޭގެ ގައުމީ ދާރުލްއާސާރުގެ މައުރަޒެއް ފުރަތަމަ ފަހަރަށް ޗައިނާގައި ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމަށް ޒިޔާރަތް ކުރައްވާ އެ މިއުޒިއަމްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގް އެވެ. 

އެ މައުރަޒުތައް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކަނޑުދަތުރުފަތުރާއި މެރިޓައިމް ސިލްކް ރޫޓުގެ ތާރީހީ ގުޅުން ބައިނަލްއަގުވާމީ ފެންވަރުގައި ހާމަކޮށްދިނުމާއި، ދިވެހި ފަންނުވެރިންނަށް ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުން ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އާސާރީ ތަންތަނާއި ތަކެތީގެ ދިރާސާތައް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ސަގާފަތާއި ތަރިކައާއި މިއުޒިއަމް މެނޭޖްމަންޓާއި އަދި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި މުވައްޒަފުންގެ ހުނަރާއި އިލްމު އިތުރަށް ތަރައްގީކުރުމަށްޓަކައި ޗައިނާގެ ޔުނިވާސިޓީތަކާ ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު ވެސް މަޝްވަރާ ކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު