ޚަބަރު
ދިރާގުން މޯލްޑިވްސް ފުޑް ކާނިވަލްއާ އެކު ކުލަގަދަ ފެސްޓިވަލްއަކަށް ތައްޔާރުވަނީ
މޯލްޑިވްސް ފުޑް ކާނިވަލް "ޕަވާޑް ބައި ދިރާގު"ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ. އެގޮތުން ދިރާގާއި މޯލްޑިވްސް ފުޑް ކާނިވަލް އިން ދަނީ ފަސް ދުވަހުގެ ކުލަގަދަ ފެސްޓިވަލަކަށް ތައްޔާރު ވަމުންނެވެ.

މިއަހަރަކީ މޯލްޑިވްސް ފުޑް ކާނިވަލްގެ ދެވަނަ އެޑިޝަން އެވެ. މި އަހަރުގެ އިވެންޓް ކުރިއަށް ދާނީ ކުރިއަށް އޮތް ޖުލައި މަހުގެ ތިނަކުން ހަތަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. 

ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މިހަރަކާތުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެ އެވެ. އަދި މި އިވެންޓްގެ ސަބަބުން ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަށް އެއްތަނަކަށް ގެނެސް، އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ކާބޯތަކެތީގެ އިތުރުން މޯލްޑިވްސް ފުޑް ކަރނިވަލްގައި ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ އެވެ.

ދިރާގުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ، މި އަހަރުވެސް މޯލްޑިވްސް ފުޑް ކާނިވަލް "ޕަވަރޑް ބައި ދިރާގު"ގެ ޕާޓްނަރަކަށްވެ، މި ފޯރިގަދަ އިވެންޓް އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ކާނިވަލްގައި ދިވެހި އަދި ބައިނަލްއަގްވާމީ ތަފާތު ކާބޯތަކެތީގެ އިތުރުން އާޓްސް އެންޑް ކްރާފްޓް، ކުޅިވަރު އަދި މުނިފޫހިފިލުވުގެ ތަފާތު ސްޓޯލްތައް ހިމެނިގެންދާނެ. މިއީ އާއިލާއާއި ރައްޓެހިންނާ އެކު ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް" ޖައިޝަން ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭ ފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖުތިމާއީ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު