ވިޔަފާރި
ސްޕީޑް ބޯޓެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި
ދިރާގުން އަންނަ މަހުގެ އެކެއްގައި ފާހަގަކުރާ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ސްޕީޑް ބޯޓެއް ދޭ ޕްރޮމޯޝަނެއް ލޯންޗުކޮށްފި އެވެ.

އަލްޝާލީ މެރިން މޯލްޑިވްސްގެ އެ އުފެއްދުން ނަސީބުވެރި ފަރާތަަށް ދިނުމަށް ހަމަޖެހިފައި ވަނީ ޔަމަހާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެލިއާއިން ފޯރުކޮށްދޭ 175 ހޯސްޕަވާގެ ދެ އިންޖީނާއެކުގަ އެވެ.

"ކަނޑު އުޅަނދެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލީ އެކި ކަންކަމަށް އޭތި ބޭނުން ކުރެވޭނެތީ. ޕްރޮމޯޝަން ފަރުމާކުރީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް. އެގޮތުން މިފަހަރު ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ،" ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕީޑް ބޯޓާ ގުޅޭ ގޮތުން އަލްޝާލީ މެރިންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފު ވިދާޅުވީ މި ޕްރޮމޯޝަނުގައި ދޭ ބޯޓަކީ މިދިޔަ އަހަރު އެ ކުންފުނިން ފަރުމާކޮށް މާކެޓަށް ނެރުނު "މަގްލާން 32" ބްރޭންޑުގެ ބޯޓެއް ކަމަށެވެ. އަދި މިއީ އެކްސްކާޝަންތަކުގައި ބޭނުންކުރަން ހާއްސަކޮށް، ސޭންޑުބޭންކުތަކަށް ފަސޭހައިން ވަދެވޭ ގޮތަށް ފެނަށް ތިލަކޮށްކަމަށް ފަރުމާކޮށްފައިވާ އުޅަނދެއް ކަމަށް ވިދާޅުވި އެވެ.

މިރްޝާން ވިދާޅުވީ ސްޕީޑް ބޯޓް ލިބޭ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރު 31، ގެ ނިޔަލަށް ކުރިއަށްދާއިރު ޕްރޮމޯޝަންގެ ގުރު ނެގުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީގެ ތެރޭގައި ކަމަށެވެ.

ޕްރޮމޯޝަންގެ ދަށުން ލިބޭ 12 މީހުންގެ ޖާގައަށް ފަރުމާ ކޮށްފައިވާ "މެޖެލަން 32" އަކީ މިދިޔަ އަހަރު ރާއްޖޭގެ މާކެޓަށް ނެރުނު މަސްވެރި ކަމަށާއި އެކްސްކާޝަންތަކަށް ހާއްސަ 32 ފޫޓުގެ ބޯޓެކެވެ.

ދިރާގުން ބުނީ އެ ކުންފުނިން އެއްވެސް ކަސްޓަމަރެއް ބާކީ ނުކުރުމުގެ ގޮތުން މި ޕްރޮމޯޝަނުގެ މުއްދަތުގައި މަންތުލީ ގިވްއަވޭ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް އޮޓަމެޓިކްކޮށް ބައިވެރިވެވޭ ޕްރޮމޯޝަނެއް ކަމަށް ވެސް ބުންޏެވެ. ގިވްއަވޭގެ ގޮތުގައި ކަސްޓަމަރުންނަށް ކޮމްޕްލީޓް ސްޕޯޓްސް ފިޝިން ގިއާ ސެޓަކާއި އެންމެ ފަހުގެ ގޯ ޕްރޯ ހީރޯއަކާއި މިނީ ޑްރޯންއެއް އަދި ފްރީ ޑައިވިން ވޮޗެއް ވަނީ ހުށަހަޅައިފަ އެވެ.

ދިރާގުން މި އަހަރު ފާހަގަކުރާނީ 37 ވަނަ އަހަރީ ދުވަހެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު