ވިޔަފާރި
ދިރާގު ރޯޑް ރޭސް: އަންނަ އޮކްޓޯބަރު މަހު ބާއްވަނީ
ދިރާގު ރޯޑް ރޭސް އާ ކެޓަގަރީއަކާއެކު އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމުން -- ފޮޓޯ؛ ދިރާގު
އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމާފައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 15 ވަނަ އެޑިޝަނުގައި އޮފީސްތަކާއި ރިސޯޓުތަކަށް ހާއްސަ ޓީމު އިވެންޓު ކެޓަގަރީއެއް ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނީ މިފަހަރުގެ ދުވުމުގައި އެންމެ ތަފާތު ކަމަށް ފެނިގެންދާނީ ފަސް ކިލޯ މީޓަރު ދުވުމާއި، 10 ކިލޯ މީޓަރުގެ ދުވުމާއި ހަފް މެރަތަންގެ އިތުރުން އޮފީސް އަދި ރިސޯޓުތަކުގެ ޓީމްތަކަށް ބައިވެރިވެވޭ ފަސް ކިލޯ މީޓަރުގެ ދުވުން ހިމެނިގެން ދިޔުން ކަމަށެވެ.

"އޮފީސް/ރިސޯޓް ކެޓަގަރީގައި އޮފީސްތަކާއި ރިސޯޓްތަކަށް ހަތަރު މީހުންގެ ޓީމު ބައިވެރި ކުރުވޭނެ. އޮފީހާއި ރިސޯޓުތަކަށް ހަތަރު މީހުންގެ ޓީމު ބައިވެރި ކުރުމުގައި ލިމިޓެއް ނޯންނާނެ. އެކަމަކު ޓީމެއްގައި ބައިވެރި ކުރެވޭނީ ހަތަރު މީހުން. ކެޓަގަރީގެ ވަނަ ހޮވާނީ ޓީމުގައި ހިމެނޭ ހަތަރު ދުވުންތެރިންގެ ޓައިމިންއަށް ބަލައިގެން،" ދިރާގުން ބުންޏެވެ.

ދުވުމުގައި މިހާތަނަށް ކުރިއަށްދިޔައީ 5 ކިލޯމީޓަރ، 10 ކިލޯމީޓަރ އަދި ހާފް މެރެތަން ކެޓަގަރީ އެވެ. އަލަށް ތަޢާރަފްކުރި އޮފީސް ރިސޯޓުތަކުގެ ކެޓަގަރީން ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ވަގުތަށް ބެލުމަށްފަހު އެންމެއަވަހަށް ނިންމާ ޓީމަކަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުވުންތެރިން ވާދަކުރާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ނުވަތަ މާދަމާ ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ. ޖުމްލަ 4000 ބައިވެރިންނަށް މިފަހަރު ފުރުސަތު ހުޅުވާލާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ. މިފަހަރު ދުވުމުގެ ޝިއާރަކީ "ކުޑަކުދިން ހިމާޔަތްކުރުމާއި ރައްކާތެރިކުރުން" މިއެވެ. ދިރާގުން ބުނީ މިފަހަރު ރޯޑް ރޭހުގައި 12 އެންޖީއޯއެއްގެ ބައިވެރިވުން ހިމެނޭ ކަމަށެވެ.

މިއީ ދިރާގު ރޯޑް ރޭސް ބާއްވާތާ 15 ވަނަ އަހަރެވެ. އެ ދުވުން އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2007 ގަ އެވެ.

މިދިޔަ އަހަރު ބޭއްވި ދިރާގު ރޯޑް ރޭސްގައި 27 ގައުމަކުން ވަނީ ބައިވެރިވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު