ވިޔަފާރި
ދިރާގުން ބީސީސީގެ ސީޑް އާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި
ދިރާގާއި ސީޑްގެ އިސްވެރިން: ދިރާގާއި ސީޑްއާ ދެމެދު ހަދާފައިވާ ޕާޓްނާޝިޕް ވަނީ އާ ކޮށްފައި -
ދިރާގުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އޮފީސް ހިންގަން ޖާގަ ދޫކުރާ "ސީޑް" އާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.

ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ މިއީ ރާއްޖޭގައި ކުދި ވިޔަފާރިތައް ކުރިއަރުވައި، އަމިއްލަ ވިޔަފާރިތައް ކުރާ ފަރާތްތައް ބިނާކުރުމުގެ ގޮތުން އެ ކުންފުނިން ގާއިމުކުރި ޕާޓްނާޝިޕެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕުގެ ސަބަބުން ރާއްޖޭގެ ބިޒްނަސް އިކޯސިސްޓަމް އިތުރަށް ވަރުގަދަވެ، ފުޅާވެގެން ދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވި އެވެ.

"ސީޑް"ގެ ޑިރެކްޓާ ކޮމާޝަލް މުހައްމަދު ޖައުޝަން ވިދާޅުވީ އެ ކުންފުނިން އެސްއެމްއީތައް ކުރިއެރުވުމުގެ މަސައްކަތް ދިރާގު ފަދަ ކުންފުނިތަކުގެ ސަޕޯޓާއި އެކު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ދިރާގާ އެކު ކުދި ވިޔަފާރިތަކުން ސީޑްގެ ވޯކް ސްޕޭސްގައި ތިބެގެން، މަސައްކަތް ކުރުން ފަސޭހަވެފައިވާ ކަމަށް ވިދާޅުވި އެވެ.

ސީޑް ބައި ބީސީސީއިން ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި، ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ކިޔަވާކުދިންނަށް ޖާގަ ދޫކުރެ އެވެ.

ދިރާގުން އަންނަނީ ރާއްޖޭގެ ޑިޖިޓަލް ކޮމިއުނިޓީއަށް އެހީތެރިވުމަށް އެކި ގޮތްގޮތަށް މަސައްކަތްތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު