ވިޔަފާރި
ދިރާގު ފިންޓެކް ކުންފުންޏަށް އެމްއެމްއޭއިން ލައިސެންސް ދީފި
ދިރާގު ފިންޓެކް ކުންފުންޏަށް ޕޭމެންޓް ހިދުމަތް ދިނުމުގެ ލައިސެންސް ވަނީ ދީފައި - ފޮޓޯ: އެމްއެމްއޭ
ދިރާގުން ފޯރުކޮށްދޭ އީ ވޮލެޓު 'ދިރާގު ޕޭ'ގެ ހިދުމަތް ދިނުމަށް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ލައިސަންސް ދޫކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް މިއަދު ދީފައިވާ ކަމަށެވެ.

މި ލައިސަންސް ދިނުމާ ގުޅިގެން، ދިރާގުން މިހާރު ދެމުން އަންނަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ލައިސަންސު ދިނުމާ އެކު ދިރާގުން މިހާރު ދެމުންދާ އިލެކްޓްރޯނިކް މަނީގެ ހިދުމަތް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުވާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެެ.

ދިރާގު ޕޭ ގެ ނަމުގައި އީ ވޮލެޓުގެ ހިދުމަތް ތައާރަފު ކުރީ 2017 ވަނަ އަހަރު އެވެ. ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު