ޚަބަރު
މިނިސްޓަރ ތޯރިގު ޔޫއޭއީގެ މިނިސްޓަރާ ބައްދަލުކުރައްވައިފި
މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ މިނިސްޓަރު ޠާރިޤު އިބްރާހީމް، އެކްސަލަންސީ ޑރ. އާމިނާ ބިންތު އަބްދުﷲ އަލް ދަހާކް އަލީ ޝަމްސީއާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ދައުރުގެ ތެރޭގަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޠާރިޤު، ޔޫއޭއީގައި ފާއިތުވި އަހަރު ބޭއްވުނު ސީއޯޕީ 28 ގެ ކާމިޔާބީއަށް ޑރ. އާމިނާއަށް މަރުޙަބާ ދެންނެވިއެވެ. އަދި ކުރިއަށް އޮތް ސީއޯޕީ 29 އަދި ސީބީޑީ ސީއޯޕީ 16 އަށް ތައްޔާރުވުމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާތަކުގައި އިތުރަށް އެއްބާރުލުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ. މި ބައްދަލުކުރެއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުކުރެއްވުމެއް ކަމުގައި ބެލެވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު