ޚަބަރު
މިނިސްޓަރ ތޯރިގު ލ. ގަން ޕަރީފެންގަނޑަށް ޒިޔާރަތްކުރައްވައިފި
އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިއްޔެ ޕަރީފެންގަނޑަށް ޒިޔާރަތްކޮށް އެ ތަން ބައްލަވާލައްވަނީ
އެންވަޔަރްމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގް ލ. ގަމުގެ ބޮޑަ ފެންގަނޑަށް ޒިޔާރަތްކުރައްވާފި އެވެ. 

މި ސަރަހައްދަކީ އޭގެ ތިމާވެށްޓާއި ސަގާފީ މުހިންމުކަމަށްޓަކައި 23 ޑިސެމްބަރ 2021 ގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދެކެވެ.

ބޮޑަ ފެންގަނޑަކީ ރާއްޖޭގެ ދެކުނުގައި އޮންނަ ލ. ގަމުގައި ހިމެނޭ ވަރަށް މުހިންމު ތިމާވެށީގެ ސަރަހައްދެކެވެ. މި ސަރަހައްދު ޙިމާޔަތްކުރެވިފައިވަނީ އޭގެ ހާއްސަ ގުދުރަތީ ވަސީލަތްތަކާއި، ދިރޭތަކެތީގެ ނަސްލުތަކާއި، އަދި އެތަނުގެ ސަގާފީ އަގު ހިފެހެއްޓުމަށްޓަކަ އެވެ.

އެންވަޔަރްމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގް ގެ މި ދަތުރުފުޅުގައި، އެ ސަރަހައްދުގެ މިހާރުގެ ހާލަތު ބައްލަވާލައްވައި، އެތަން ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތައް ވަޒަންކުރެއްވި އެވެ. އަދި މުސްތަގުބަލުގައި މި ސަރަހައްދު އިތުރަށް ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވި އެވެ.

މި ޒިޔާރަތުން ފާހަގަކުރެވުނު ގޮތުގައި، ބޮޑަ ފެންގަނޑު ހިމާޔަތްކުރުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މިފަދަ ސަރަހައްދުތައް ހިމާޔަތްކުރުމަކީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ދަމަހައްޓައި، މުސްތަގުބަލު ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރެވުނެވެ.

މިނިސްޓަރު ވިދާޅުވީ ހިމާޔަތް ކޮށްފައިވާ އެ ސަރަހައްދުގައި ގްލޯބަލް އެންވަޔަރްމެންޓް ފެސިލިޓީ (ޖީއީއެފް) ގެ ދަށުން ވިއުއިން ޕްލެޓްފޯމެއް އެޅުމަށް ބޭނުންވާ ގްރާންޓް އެހީ އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއަށް ހަމަޖައްސާދީފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު