ކުރީގެ އެޑިއުކޭޝަން މިނިސްޓަރުގެ ރަސްމީ އީމެއިލްތަކެއް ފޮހެލި މައްސަލައެއް ބަލަނީ
އަލީ ރާޒީ
29 ޖުލައި 2024 - 18:19
0 comments
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރަސްމީ ބޭނުންތަކުގައި ބޭނުންކުރެއްވި އީމެއިލް ޑިލީޓް ކޮށްފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ މެއިލްތައް ފޮހެލާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ މި މަހުގެ 25 ގައި ކަމަށްވެސް ބުންޏެވެ. އެހެންވެ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.ޑރ. އައިޝަތު ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު އޭނާ ބޭނުންކުރެއްވި އީމެއިލް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ޑީއެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދު 3:15 ގައި އެ އީމެއިލްއަށް ވަންނަން ކޮންމެވެސް ފަރާތަކުން މަސައްކަތް ކުރި ކަމަށް ވިދާޅުވި އެވެ.ފުލުހުން މިމައްސަލަ ބަލަން ފަށާފައިވާ ކަމަށް ބުނެފައި މިވަނީ ޑރ. އައިޝަތު އަލީ މިއަދު ފޭސްބުކްގައި ޕޯސްޓެއް ކުރެއްވި ފަހުންނެވެ.
ކިޔުންތެރިންގެ ޝުއޫރު