ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެމްޓީސީސީގެ ފްލެޓު މައްސަލާގައި ކުރީގެ ސީއީއޯ ޝާހް އަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
މަރިޔަމް އަނާ
16 އޭޕްރީލް 2025 - 22:22
0
comments
Tweet
Telegram
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ ކުރީގެ ސީއީއޯ ޙަސަން ޝާހްއާއި ކުންފުނީގެ ކުރީގެ މުވައްޒަފުންތަކަކަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން ބުނީ އެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކެއް، ވަކި މަސައްކަތްތަކެއްގެ ގޮތުގައި ހަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާއިރު ވެސް، އެ އެއްބަސްވުން ބާތިލުކޮށްފައިނުވެއެވެ.
އެ އަމަލުތަކުގެ ސަބަބުން އެމްޓީސީސީއަށް ލިބުނު ގެއްލުމުގެ އަގު 39,241,855.78 ރުފިޔާއަށް އަރާ ކަމަށް ތަހުގީގަށް ފާހަގަވި ކަމަށް އޭސީސީން ބުންޏެވެ.
އެ މައްސަލައިގައި ދައުވާ ކޮށްދޭން އޭސީސީން ވަނީ އިއްޔެ ފޮނުވައިފައެވެ. އެއީ:
އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި އޭރު ހުރި ހަސަން ޝާހް (ބަގީޗާގެ / ސ.މަރަދޫފޭދޫ)
ޖެނެރަލް މެނޭޖަރުގެ މަގާމުގައި އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރެއްގެ މަގާމުގައި އޭރު ހުރި ޝިފާޢު ޢަލީ (ހ.ފެއަރީޕެލަސް / ކ.މާލެ)
ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ އޭރުގެ މެންބަރު ޙުސައިން ޒުހުރީ (ޕާކީޒާ / ށ.ކޮމަންޑޫ)
ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ އޭރުގެ މެންބަރު މުޙައްމަދު ނާޡިމް (މ.ޕޮމްޕިޔާ / ކ.މާލެ)
ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ އޭރުގެ މެންބަރު އިސްމާޢީލް އަދުހަމް (ގ.ނިލަ / ކ.މާލެ)
އޭސީސީން ބުނީ އެ މައްސަލައިގައި އެދިފައިވަނީ، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ކަމަށެވެ.
ޝިފާއުގެ މައްޗަށް އިތުރު ދައުވާއެއްގެ ގޮތުގައި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާވެސް ކުރަން ފޮނުވި ކަމަށް އޭސީސީން ބުންޏެވެ.
މީގެ އިތުރުން އެ ކޮމިޝަނުން ވަނީ އެމްޓީސީސީއަށް ގެއްލުނު ކަމަށް ތަހުގީގުން ފާހަގަވި 39 މިލިއަން ރުފިޔާއާއި އޭގެ އިތުރަށް ލިބިފައިވާ މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް އެމްޓީސީސީއަށް އަންގައިފައެވެ.
އެމްޓީސީސީން 439 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުމާލޭގައި ދެ ޓަވަރު އަޅަން އާރުއައި އިންޖީނިއަރިން ވޯކްސް ޕްރައިވެޑް ލިމިޑެޓާ އެކު އެއްބަސްވުމެއް ހެދީ 2017 ވަނަ އަހަރު އެވެ.
އެ އެއްބަސްވުން 2021 ވަނަ އަހަރު ވަނީ ބާތިލުކޮށްފަ އެވެ. އެ އެއްބަސްވުން ބާތިލްވުމާ ހަމައަށް ނިންމިފައި ވަނީ ހަވާލުކުރި މަސައްކަތުގެ ތެރެއިން ދެ ޓަވަރުގެ ފައުންޑޭޝަންގެ މަސައްކަތް އެކަންޏެވެ. އެއީ މުޅި މަސައްކަތުގެ 7.15 ޕަސެންޓެވެ. އޭގެފަހުން އެ މަސައްކަތް އަދިވެސް އޮތީ ހުއްޓިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
56 މިނެޓް ކުރިން
0
އެމްޓީސީސީގެ ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފި
6 ދުވަސް ކުރިން
0
އާރްޓީއެލް ފެރީގެ ހިދުމަތް މި މަހު ރ. އަތޮޅުގައި ފަށަނީ
23 ދުވަސް ކުރިން
0
ކޮރަޕްޝަން ހުއްޓުވަން އެއްބާރުލުން ދޭން ރާއްޖެ އާއި ފަލަސްތީނުން އެއްބަސްވެއްޖެ
26 ދުވަސް ކުރިން
0
އެމްޑަބްލިޔުއެސްސީން ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިންމައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގުރައިދޫ މަރުކަޒަށް ވަންނަން ހުއްދަ ނުދިން މައްސަލަ ބަލައިގަނެ، ދިރާސާކުރަނީ
19 މިނެޓް ކުރިން
0
ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގަރާރު ބަލައިގަނެފި
26 މިނެޓް ކުރިން
0
އެމްޑީޕީއަށް ފަސް ފަނި ފޮނުވައިފިން: ފަލާހު
32 މިނެޓް ކުރިން
0
އެމްޓީސީސީގެ ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފި
56 މިނެޓް ކުރިން
0