ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކޮރަޕްޝަން ހުއްޓުވަން އެއްބާރުލުން ދޭން ރާއްޖެ އާއި ފަލަސްތީނުން އެއްބަސްވެއްޖެ
އަލީ ރާޒީ
26 މެއި 2025 - 13:46
0
comments
Tweet
Telegram
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ދިވެހި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރަން މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ އޭސީސީގެ ރައީސް އާދަމް ޝަމީލް އަދި ފަލަސްތީނުގެ އޭސީސީގެ ޗެއާމަން ޑރ. ރާއިދު މަހުމޫދު ރަދުވާން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ސައުދީ-މޯލްޑިވްސް އިންޓެގްރިޓީ ފޯރަމްގައި ސޮއިކުރައްވައިފަ އެވެ.
އޭސީސީން ބުނީ އެ އެއްބަސްވުމަށް ފުރަތަމަ ހުށަހެޅީ ފަލަސްތީނުން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން މައިގަނޑު ގޮތެއްގައި ކުރާނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރަން އެއްބާރުލުން ދިނުމުގެ މަސައްކަތްތަކެވެ. އޭގެ އިތުރުން މައުލޫމާތާއި ތަޖުރިބާ އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާ ކުރުމާއި ތަމްރީނު ޕްރޮގްރާމްތަކާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން އަދި ދެ ފަރާތުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވުމަކީ ވެސް އޭގެ ބޭނުމެވެ.
އޭސީސީން މިފަހުން، ނަޒާހަތްތެރިކަން ވަރުގަދަ ކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ސައުދީ އަރަބިއްޔާ ގުޅިގެން ބައިނަލްއަގުވާމީ ފޯރަމެއް ބާއްވައިފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ފަލަސްތީނުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ފަތްކޮޅުއަރުއްވައިފި
26 ދުވަސް ކުރިން
0
އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ގޮވައިލައްވައިފި
26 ދުވަސް ކުރިން
0
އަރަބި ސަމިޓް ނިންމާލީ އިޒްރޭލާ ދެކޮޅަށް ދަތިކުރަން ވެސް ގޮވައިނުލައި!
1 މަސް ކުރިން
0
ރައީސް ވިދާޅުވަނީ މޯލްޑިވްސް 2.0 އާ އެކު ކޮރަޕްޝަން ނައްތާލެވޭނެ ކަމަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިރާނުން ރައްދުގައި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
3 ގަޑިއިރު ކުރިން
0
ރައުދު ރާއްޖެއިން ބޭރަށް ފުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން
11 ގަޑިއިރު ކުރިން
0
ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހާޖީން އެނބުރި ރާއްޖެ އަންނަން ފަށައިފި
13 ގަޑިއިރު ކުރިން
0
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް، ސަމާލުވާން އެދެފި
20 ގަޑިއިރު ކުރިން
0