ޚަބަރު
ފަލަސްތީނުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ފަތްކޮޅުއަރުއްވައިފި
ފަލަސްތީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ މުޙައްމަދު މުއިއްޒުއަށް މިއަދު އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސްގެ އޮފީހާ ހަމައަށް ސަފީރު، އިހާބް އިބްރާހީމް މުޙައްމަދު ހަލީލް، ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ފަލަސްޠީންގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސް ވަނީ، އާ ސަފީރަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

ސަފީރު ވަނީ، ފަލަސްޠީނުގެ ހައްޤުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ބައިނަލްއަޤުވާމީ މައިދާނުގައި މެދުނުކެނޑި އަޑުއުފުލަމުން ދާދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ، ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިތިބޭނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ދެބޭފުޅުންވެސް ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފަ އެވެ.

ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު ހާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 4 އެޕްރީލް 1982 ގައެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު