ޚަބަރު
އައިޖީއެމްއެޗުގެ އިހުމާލުން ދަރިފުޅު މަރުވުމުން، އާއިލާއަށް ދައުލަތުގެ މާލީ ބަދަލު ދީފި
އައިޖީއެމްއެޗުގެ އިހުމާލުން ދަރިފުޅު މަރުވުމުން، އާއިލާއަށް ދައުލަތުގެ ފަރާތުން މާލީ ބަދަލު ދީފި އެވެ.

އެ މައްސަލައިގެ ތަފުސީލު ދެއްވަމުން ބަންޑާރަ ނާއިބުގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އާއިލާއިން އެ މައްސަލާގައި ދައުވާކުރީ ދަރިފުޅު މަރުވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށެވެ. ކުއްޖަކު މަރުވެފައިވާތީ އާއި ވަގުތު ސަލާމަތް ކުރަން އެންމެ މަސްލަހަތު ގޮތަކަށް ދައުލަތަށް ފެނުނީ ކޯޓުން ބޭރުން ސެޓްލްމަންޓު އެގްރިމެންޓަކަށް ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މާލީ ގެއްލުމުގެ ބަދަލުގައި ދީފައިވަނީ އާއިލާއިން އެދުނު އަދަދަށް ވުރެ ކުޑަ އެއްޗެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެ އަދަދު ފަސް މިލިއަން ރުފިޔާއަށް ވުރެ ކުޑަވާނެ ކަމަށް ބުންޏަސް މާލީ ގެއްލުމުގެ އިތުރު ތަފްސީލެއް އޭޖީ އޮފީހުން ނުދެ އެވެ.

އިތުރަށް އޮފިޝަލް ވިދާޅުވީ، މައްސަލައިގައި ހެދި އެއްބަސްވުމަކީ އައިޖީއެމްއެޗާއި އާއިލާއާ ދެމެދު ހެދި އެއްބަސްވުމެެއް ކަަމަށާއި އެއްބަސްވުމުގައި މާލީ ބަދަލަށް ދިން ފައިސާ ސިއްރު ކުރުމާ ގުޅޭ މާއްދާއެއް އޮތުމުން އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. އަދި، މިއީ އަމިއްލަ މައްސަލައަކަށް ވާތީ އާއިލާއިން ވެސް ބޭނުން ވަނީ އެ މައުލޫމާތު ސިއްރު ކުރުމަށް ކަން އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ. 

މާލީ ބަދަލު ހޯދުމަށް މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ. މާލީ ބަދަލު ދިނުމަށް ދައުލަތުން އެއްބަސްވީ ކޯޓުން ބޭރުގަ އެވެ. އެހެންވެ އާއިލާއިން ދައުވާ އަނބުރާ ގެންގޮސްފައިވެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު