ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޑްރަގް އެތެރެކޮށްފިނަމަ ރާއްޖޭގައި މަރުގެ އަދަބު ދެނީ
އަލީ ރާޒީ
15 އޯގަސްޓް 2024 - 13:12
0
comments
Tweet
Telegram
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެތީގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން ޑްރާފްޓްކޮށްފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު އިއްވޭނެ މާއްދާއެއް ހިމަނާފައިވެ އެވެ. މިހާރު މާއްދާ އޮތް ގޮތުން އެ މީހަކަށް ދެވޭނެ އަދަބަކީ އުމުރު ދުވަހަށް (25 އަހަރަށް) ޖަލަށް ލުމެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން އެކުލަވާލާފައިވާ މި ބިލްގެ ޖަދުވަލު 1 ގައި 139 ބާވަތެއްގެ މަސްތުވާތަކެތި ހިމެނެ އެވެ. ބިލުގެ އިބާރާތުގައި އޮތީ މިއިން ކޮންމެ ބާވަތެއް ވިޔަސް އެ ބަރުދަން ފުރިހަމަވެ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އިއްވަން ޖެހޭނެ ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަން ވިސްނާ އިސްލާހުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހުރީ ޑްރަގު ކޯޓަށް އިތުރު ބާރުތައް ދިނުމާއި ރިހެބިިލިޓޭޝަނާ ގުޅޭ މާއްދާތަކަށް ގެންނަ އިސްލާހުތަކުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކުކުރުން ކަމަށް ބެލެވޭނެ ހާލަތްތައް ހިމަނާފައިވެ އެވެ. އެގޮތުން މަަސްތުވާތަކެއްޗަށް ފައިނޭންސް ކުރުމާއި މަސްތުވާތަކެތި އެތެރެކުރަން ތަންތަނާއި އުޅަނދުތައް ފޯރުކޮށްދިނުމަކީ ވެސް ޓްރެފިކްކުރުން ކަމަށް ބިލުގައި ހިމަނާފައިވެ އެވެ.
ޑްރަގު ކޯޓަށް ލިބޭ ބާރުތަކުގެ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑަލްކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ބަންދު އަމުރާ މެދު ގޮތެއް ނިންމުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުން ވެސް ހިމެނެ އެވެ. ކުރިން މިކަންކަން ކުރަނީ ކްރިމިނަލް ކޯޓުންނެވެ.
އޭގެ އިތުރުން ކުރިން ޑްރަގު ކޯޓަށާއި ޕްރޮސިކިއުޓާ ޖެނެރަލްއަށް އިހުތިޔާރީކޮށް އޮތް ބައެއް ކަންކަން އެއީ ތަންފީޒުކުރަން މަޖުބޫރު ކަންކަމުގެ ގޮތުގައި އިބާރާތް ބަދަލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފަރުވާގެ އަމުރާ ހިލާފުވާ މީހުންނަށް ފިޔަވަޅު އެޅުން ހަރުކަށި ކުރުމާއި ނުކޮށް ދޫކޮށްލާ ދައުވާތައް އުފުލުން ހިމެނެ އެވެ.
އެގޮތުން ރާއްޖެއަށް އެތެރެ ކުރީ 500 ގްރާމްއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނަމަ، އެމީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށާއި މި ކުށުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން ޝަރުއީ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރަން ވާނެ ކަމަށް ވަނީ ބުނެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
24 ދުވަސް ކުރިން
0
ޑްރަގާއެކު އެއްމާބަނޑު ދެބެން ހައްޔަރުކޮށްފި
1 މަސް ކުރިން
0
ބަނގުރާ އުފުލި ވޭނަކާއި ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް
2 މަސް ކުރިން
0
ކަނޑު ބޯޓެއްގައި ޑްރަގް އެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
2 މަސް ކުރިން
0
ރާއްޖެ އެތެރެކުރި އަށް ލައްކަ ރުފިޔާގެ ޑްރަގު އަތުލައިގެންފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ނިންމާލައިފި
3 ގަޑިއިރު ކުރިން
0
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދިޔައީ ސުއޫދު: އުޝާމް
3 ގަޑިއިރު ކުރިން
0
މިނިސްޓަރު ހަލީލް ކުވައިތަށް ފުރާވަޑައިގެންފި
4 ގަޑިއިރު ކުރިން
0
ނަޑެއްލާ އިން ގެއްލުނު މީހާ ފެނިއްޖެ
5 ގަޑިއިރު ކުރިން
0