ޚަބަރު
ބިދޭސީީންގެ ފީތައް ދެއްކި ކުންފުނިތަކުގެ ލިސްޓު އާންމުކޮށްފި
ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އެމީހުންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ލިސްޓު އާންމުކުރި ފަހުން އެ ފައިސާ ދައްކާ ހަލާސް ކުރި ކުންފުނި ތަކުގެ ލިސްޓް އާންމުކޮށްފި އެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮަށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000 ރުފިޔާ އަށްވުރެ އިތުރުވާ ކުންފުނިތަކުގެ ލިސްޓެއް ހޯމް މިނިސްޓްރީން ނެރުނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.

މިނިސްޓްރީން ނެރުނު ލިސްޓުގައި 1026 ކުންފުންޏެއްގެ މަޢުލޫމާތު ވަނީ އާންމުކޮށްފަ އެވެ. މި ލިސްޓު ނެރުނުތާ ތިން ހަފްތާތެރޭ 182 މިލިއަން ރުފިޔާ ރިކަވާ ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

ގަވާއިދުން ފީ ދައްކަމުންދާ 20 ކުންފުނި:

  1. އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  2. އަންގިރި ރިސޯޓް މެނޭޖުމަންޓު އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް
  3. ބްރެނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  4. ޗިކާނޯ އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑް
  5. އީސްޓް ކޯސްޓް އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑް
  6. ގޭޖު ޕްރައިވެޓް ލިމިޓެޑް
  7. ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް
  8. ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
  9. އިންޓަނޭޝަނަލް ބެވެރޭޖަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  10. މަހޮގަނީ ޕްރައިވެޓް ލިމިޓެޑް
  11. ޕެސްޓް އެކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  12. ޕްރިސްޓީން އައިލެންޑްސް އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑް
  13. ރެޑް ވޭވް ޕްރައިވެޓް ލިމިޓެޑް
  14. ރެނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް
  15. ސީގަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް
  16. އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  17. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް
  18. ޔުނިވާސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
  19. ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑް
  20. ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
އޭރު މިނިސްޓްރީން އާންމުކުރި ލިސްޓުގައި ވާގޮތުން ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ. އާއި ކޯޓާ ފީގެ ގޮތުގައި 96،550،286ރ. އާއި ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ. އާއެކު ޖުމްލަ 636،534،736ރ. ނުލިބި އޮތެވެ.

އޭގެ ތެރެއިން ލިސްޓު އާންމުކުރި ފަހުން 182.9 މިލިއަން ރުފިޔާ އެކި ކުންފުނިތަކުން ދައްކާފައިވާކަން އެ މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު