ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޔާމީން ހައްޔަރުކުރުމުގެ މައްސަލައިގެ ފޭކް ރިޕޯޓެއް ދައުރުކުރާތީ ފުލުހުން ތަހުގީގެއް ފަށައިފި
އަހުމަދު ނިހާން
03 ސެޕްޓެމްބަރ 2024 - 20:10
0
comments
Tweet
Telegram
ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރުނު މައްސަލާގެ ތަހުގީގީ ރިޕޯޓަކާއި އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ތަހުގީގީ ރިޕޯޓެއް ކަމަށް ބުނެ އަސްލު ނޫން ރިޕޯޓެއް ދައުރުކުރަމުންދާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔާމީނު ހައްޔަރުކުރަން 2016 ގައި ނެރުނު ކޯޓު އަމުރުގެ މައްސަލައިގެ ތަހުގީގީ ރިޕޯޓު ކަމަށް ބުނެ ދައުރުކުރަމުން ދަނީ ސައްހަ ނޫން ރިޕޯޓެއް ކަމަށެވެ.
އަދި ސައްހަ ނޫން ރިޕޯޓުގައި އޭރުގެ އެކްރެޑިޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ ނަމުގައި ބޭނުންކޮށްފައިވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމަންޓުތަކުގައި ސޮއިކުރައްވަމުން ގެންދަވާ ފުލުހުންގެ ސްޕޯކްސްޕާސަން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާންގެ ސޮއި ފޯޖުކޮށްގެންކަން ވެސް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
"އެހެންކަމުން، މި ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެންނާއި އަދި ފުލުހުންގެ ބައެއް އިސްވެރިންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ އަދި އެކި ގޮތްގޮތުން ބަދަލުގެނެެސް އުފައްދާފައިވާ ސައްހަނޫން ވާހަކަތަކެއް ހިމެނޭ ރިޕޯޓެއްކަން ދަންނަވަން،" ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ ސައްހަ ނޫން ރިޕޯޓެއް ފަތުރަމުންދާތީ އެ މައްސަލް ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
"އާންމުންގެ މެދުގައި އެކިއެކި ފަރާތްތަކާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ފަތުރާ މިފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުގައި ބައިވެރިނުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ޔާމީންގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ހަރުގެ ޖަލްސާތަކުގައި މިފަހުން ކޮންމެ ރެއަކުހެން ކަހަލަ ގޮތަކަށް، ދައުރުވަމުންދާ ފޭކް އެ ލިޔުންތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ހަދައި އެ ރިޕޯޓްތަކާ މެދު ދަނީ ވާހަކަ ދައްކަމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާ ދެނީ
1 ދުވަސް ކުރިން
0
ޑްރަގާއެކު އެއްމާބަނޑު ދެބެން ހައްޔަރުކޮށްފި
1 ދުވަސް ކުރިން
0
ޔާމީންއަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް މި މަހު 28 އަށް ޝެޑިއުލްކޮށްފި
3 ދުވަސް ކުރިން
0
ކުރީގެ ޕޮލިސް ކޮމިޝަނަރު ފުލުހަށް ހާޒިރުކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
12 ގަޑިއިރު ކުރިން
0
މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު
12 ގަޑިއިރު ކުރިން
0
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
15 ގަޑިއިރު ކުރިން
0
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
19 ގަޑިއިރު ކުރިން
0