
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާ ދުރަށް މި ގައުމު ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.ޝާހިދު ވިދާޅުވީ ޑިމޮކްރަސީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު މިއީ ޑިމޮކްރަސީއާ ބީރައްޓެހި ޚަބަރެއް ކަމަށެވެ. އަދި މިއީ ޑިމޮކްރަސީއާ ބީރައްޓެހި ސަރުކާރަކުން، މިނިވަން ނޫސްވެރިކަމަށް އަޅާ ހުރަހެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.ރައީސް މުއިއްޒު ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ފައިސާ ދިން ކަމަށް ބުނާ ވާހަކަތައް ރައީސް އޮފީހުން ވަނީ މީގެކުރިން ދޮގުކޮށްފަ އެވެ.ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.މި ކަމާ ގުޅިގެން ނޫސްވެރިންނަށް ބިރުދެއްކުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ވަނީ މިދިޔަ ބުދަ ދުވަހު ސަރުކާރަށް ގޮވައިލައިފައެވެ. އެ ޕާޓީން ސަރުކާރަށް ގޮވައިލީ ނޫސްވެރިކަމަށް ހުރަސް އެޅުން ހުއްޓާލައި ނޫސްވެރިންނަށް ބިރު ދެއްކުމަށް ކުރަމުންދާ އެންމެހާ ކަންކަން ވަގުތުން ހުއްޓާލުމަށެވެ.އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ކުރެވޭނެ ފަދަ މާހައުލެއް ސަރުކާރުން ކަށަވަރު ކޮށްދިނުމަށެވެ.