ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހައްޖު ކޯޕަރޭޝަނުން ހައުސިން މަޝްރޫއެއް ހިންގަނީ
ހަސަން ހަލީމް
25 ސެޕްޓެމްބަރ 2024 - 13:16
0
comments
ވިއްކަން ގެދޮރު އަޅަން އެފްޑީސީއާއި ހައްޖު ކޯޕަރޭޝަނާ އެއްބަސްވުން
Tweet
Telegram
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ތަރައްގީކުރާ "ނިއަމް ރެސިޑެންސް" މަޝްރޫއުގެ ޑިޒައިން ހިދުމަތްތައް ފޯރުކޮށްދިނުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލެވެ.
އެފްޑީސީން ބުނި ގޮތުގައި، އެ އެއްބަސްވުމުގެ މަގުސަދަކީ ހައްޖު ކޯޕަރޭޝަންގެ "ނިއަމް ރެސިޑެންސް" މަޝްރޫއަށް ބޭނުންވާ އާކިޓެކްޗަރަލް އާއި އިންޖިނިއަރިން އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި ކޮންސަލްޓެންސީގެ ހިދުމަތް ދިނުމެވެ.
މި އެއްބަސްވުމުގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މޯލްޑިވްސް ގޭސްއާ އެކު ވެސް ފަހުމުނާމާއެއްގެ ދަށުން މި ފަދަ ހިދުމަތްތައް އެފްޑީސީން ފޯރުކޮށްދެމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ގޮތުން އެ ކުންފުންޏަށް ފަސް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެ ކޯޕަރޭޝަނުގެ މެންޑޭޓަށް އައި ބަދަލާއެކު، އާމްދަނީ އިތުރު ކުރުމަށް ގިނަ މަސައްކަތަތެއް ކުރަމުން އަންނަ ކަމަށް ވެސް ކުންފުނިން ވަނީ ބުނެފަ އެވެ.
ހައްޖު ކޯޕަރޭޝަނުން މިދިޔަ މެއި މަހު ވަނީ ހުޅުމާލެއިން ދެ ބިމެއް ގަނެފަ އެވެ. އޭގެ ތެރެއިން އެއް ބިމުގައި ނުވަ ފްލޯގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް މި މަހު ވަނީ ފަށައިފަ އެވެ. އެއީ 5،000 އަކަފޫޓުގެ ބިމެއްގަ އެވެ.
އޮފީސް އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 79.1 މިލިއަން ރުފިޔާއަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
27 ދުވަސް ކުރިން
0
މި އަަހަރު ހައްޖަށް ދާން ކިއުގައި ތިބި އެންމެންނަށް ދެވޭނެ: ރައީސް
1 މަސް ކުރިން
0
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހު 15އަށް އިތުރުކޮށްފި
1 މަސް ކުރިން
0
ދެވަނަ ހައްޖަށް ފަސް އަހަރު ފަހުން ނޫނީ ނުދެވޭ ގޮތަށް އުސޫލަށް ބަަދަލެއް.!
1 މަސް ކުރިން
0
ދައުލަތުގެ ހަރަދުގައި މިއަހަރު ހައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ހޮވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
10 ގަޑިއިރު ކުރިން
0
މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު
11 ގަޑިއިރު ކުރިން
0
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
13 ގަޑިއިރު ކުރިން
0
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
18 ގަޑިއިރު ކުރިން
0