ޚަބަރު
ލައިޓް އިންޑަސްޓްރިއަލް ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ހުޅުވާލައިފި
ސިނާއީ (ލައިޓް އިންޑަސްޓްރިއަލް) ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލައިފި އެވެ.

ބިން ވިއްކުމަށް ހޫޅުވާލާ ކުރި އިއުލާނާ އެކު އެޗްޑީސީން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނާ ގޮތުން، މިފަހަރު ވިއްކަން ހުޅުވާލި 16 ބިން ވިއްކަނީ:

  • އާންމު މުދާ ގުދަންކުރުމަށް 

  • ކާބޯތަކެތީގެ ތެރެއިން ޑްރައި ފުޑް ރައްކާ ކުރުމަށް 

  • ޝޯރޫމްތަކަށް


ބިން ވިއްކުން ކުރިއަށް ގެންދަން ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއްފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ، ބިޑް ކުރުމެވެ.

ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 5،500 ރުފިޔާ އެވެ. ކޮންމެ ފަރާތަކަށްވެސް ޖުމްލަ ތިން ބިން ގަނެވިދާނެ އެވެ.

ބީލަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން މިހާރު ވިއްކުމަށް ހުޅުވާލާފައިވާ ބިންތަކުގެ މައުލޫމާތު ބިޑް ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު އެޗްޑީސީ އިން ވަނީ ހަމަޖައްސާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު