ޚަބަރު
ހުޅުމާލޭގައި މަތީ ފަންތީގެ 3 ހޮޓަލެއް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މަތީފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ހުޅުވާލައިފިއެވެ.

މިހޮޓެލްތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ގޮތަށް އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަރައްގީކުރާ މަތީ ފަންތީގެ ހޮޓެލްތަކެކެވެ.

އެޗްޑީސީން ބުނީ މިހޮޓެލްތައް ތަރައްޤީކުރުމަށް ދޫކުރާއިރު އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށްކަމަށެވެ. ނަމަވެސް، އެކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެކަމަށް އެޗްޑީސީން ބުންޏެވެ.

އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޕްރޮޕޯސަލް ހުށަހަޅައިފިނަމަ، މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މީގެއިތުރުން، އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، ޕްރޮޕޯޒް ކޮށްފައިވާ ބިޒްނަސް މޮޑަލްއާއި އޮޕަރޭޓަރުގެ ތަޖުރިބާ ހިމެނެއެވެ.

އާބަން އައިލްގައި ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 29 ވަނަ ދުވަހުގެ 14:00ގެ ކުރިން އެޗްޑީސީގެ މެއިލް މެދުވެރިކޮށް އީއޯއައި ހުށަހެޅޭނެއެވެ.

އެޗްޑީސީން ބުނީ، މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ. އަދި، business@hdc.mv އަށް މެއިލްކޮށްގެން ވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު