ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހުޅުމާލޭގައި އެފްޑީސީން ހަދާ 32 ޓަވަރުގެ ކޮމާޝަލް ޔުނިޓުތައް ކުއްްޔަށް ދޫކުރަނީ
އަހުމަދު ނިހާން
21 ނޮވެމްބަރ 2024 - 22:41
0
comments
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީ އާ ހަވާލުކޮށްގެން އަޅާ ފްލެޓެއް- ފޮޓޯ:ރައީސް އޮފީސް
Tweet
Telegram
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ޓަވަރުތަކުގެ ކޮމާޝަލް ޖާގަތައް ހޯދަން ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ނިންމައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެފްޑީސީން ބުނީ އެ ކުންފުނިން ތަރައްގީކުރަމުންދާ 32 ޓަވަރުތަކުގައި ކޮމަރޝަލް ޔުނިޓު ނުވަތަ ވިޔަފާރިކުރުމަށާއި އެހެނިހެން ބޭނުންތަކަށް ޚާއްސަކޮށްފައި ހުންނަ ޖާގަތައް ހުންނާނީ ކޮންމެ ޓަވަރެއްގެވެސް އެންމެ ތިރީ ބަޔާއި ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 127 ޖާގަ ހުންނާނެކަމަށް މައުލޫމާތު ދެއްވި އެވެ.
އޭގެ ތެރޭގައި ރީޓެއިލް ފިހާރަތާއި ސުޕަމާކެޓާއި ހައިޕަމާކެޓުގެ އިތުރުން ކެފޭ އާއި ރެސްޓޯރެންޓްތަކާއި ކްލިނިކްތަކާއި އޮފީސްތައް ހިންގަން ބޭނުންވާ ޖާގަ ވެސް ލިބޭނެ އެވެ. އަދި ތަރުކާރީ އާއި މޭވާ ވިއްކާ މާރުކޭޓުތައް ވެސް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެފްޑީސީން ބުންޏެވެ.
ކޮމާޝަލް ބޭނުމަށް ދޫކުރަނީ 580-6،200 އަކަފޫޓުގެ ޖާގަތަކެކެވެ. ޖާގަ ދޫކުރުމުގައި އެ ޖާގަ ބޭނުންކުރާ ކަމަކަށް ބަލައިގެން ޖާގަ އިތުރު ކުރެވޭނެ ފުރުސަތު ވެސް ދޭނެ ކަމަށް އެފްޑީސީން ބުންޏެވެ.
އެފްޑީސީން ވިދާޅުވީ އަމާޒަކީ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ޒަރޫރީ ބޭނުމަށް ގަންނަންޖެހޭ ތަކެތި ގަނެވޭ ފިހާރަތައް ޓަވަރުތަކުގައި ގާއިމްކުރުން ކަމަށެވެ.
އެފްޑީސީން ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަސައްކަތް އަވަހަށް ނިންމުމަށް ތާވަލް މުރާޖަޢާކުރަމުން އަންނަކަމަށް އެފްޑީސީން ބުންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
ޑްރަގް ކޯޓާއި، ކްރިމިނަލް ކޯޓުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި
28 ދުވަސް ކުރިން
0
ހުޅުމާލޭގައި ތަރައްގީކުރާ އާ މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި
1 މަސް ކުރިން
0
މި އަހަރު ވެސް ރޯދައަށް އެޗްޑީސީން ހުޅުމާލެ ސާފުކުރަން ފަށައިފި
1 މަސް ކުރިން
0
އައިޑީކާޑުގައި ހުޅުމާލެ ބަދަލުގައި ދެން ޖަހާނީ ހމ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖެ އިސްތިހާރުކުރުމަށް ލިވަޕޫލާއެކު ކުރިއަށްގެންދާ ކެމްޕެއިން ފެށުމަށް ރައީސް އިނގިރޭސިވިލާތަށް
7 ގަޑިއިރު ކުރިން
0
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
13 ގަޑިއިރު ކުރިން
0
ހޯރަފުށި ސިއްހީ މަރުކަޒުން ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް
13 ގަޑިއިރު ކުރިން
0
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
15 ގަޑިއިރު ކުރިން
0