ރަހީނުކުރި މައްސަލަ: 12 މީހަކަށް ފަސް ދުވަހާއި ހަތް ދުވަހުގެ ބަންދު މުއްދަތުތައް
މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހަކު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އެމީހުން ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ތިން މީހަކު ފަސް ދުވަހަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. ބާކީ ތިބި ނުވަ މީހުން ހަތް ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ފޮޓޯ އާއި ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން އެޗް9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓަށް ގަދަބާރުން ވަދެގަތް އިރު، އެތަނުގެ ތެރޭގައި ތައްޔާރުވަމުން ދިޔައީ 12 މީހުންގެ ގްރޫޕަކުން މީހަކު ރަހީނުކޮށް ބޯ ބޭލުމަށް ފަހު، އެ މީހާގެ އިނގިލި ބުރިކުރާށެވެ.

އެއީ ޑްރަގްގެ މައްސަލައެއްގައި ފުލުހުން އެކި ފަހަރުމަތިން މީގެ ކުރިން ވެސް ރެއިޑް ކޮށްފައިވާ އެޕާޓްމަންޓެކެވެ.

މި ހާދިސާއާ ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެއްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، އެރޭ މީހަކު ރަހީނުކޮށްގެން އުޅޭ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބުމާއެކު ގޮސް އެ މީހާ ސަލާމަތްކުރި ކަމަށާއި ބައެއް ފުލެޓުތަކާއި އެ ނޫންވެސް ތަންތަން ތަކުރާރުކޮށް ކުށްކުރާ ތަންތަނުގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ.

ހުޅުމާލެ 2 ގެ ހިޔާ ފްލެޓްގެ ބައެއް އެޕާޓްމަންޓުތައް ޑްރަގް އައްޑާއަކަށް ބަދަލުވެ، އޭގެ ސަބަބުން އާންމުންނަށް ބޮޑެތި އުނދަގޫތައް ވަމުންދާ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު