
އާންމުންނަށް ހުޅުވާލައިގެން، ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނާއި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގައި އިއްޔެ ގިނަ ހަރަކާތްތަކެއް ބޭއްވިއެވެ. އެ ހަރަކާތްތަކުގައި ބައިވެރިވެ، ޢީދުގެ އުފާފާޅުކުރަން އެތައް ހާސް ބަޔަކު އެ ސަރަހައްދަށް ޖަމާވިއެވެ.އެމްއެންޑީއެފުން ބުނީ މިއަދާއި މާދަމާ ހަވީރު 4:00 އިން 6:00 އާ ހަމައަށް އެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.ގިނަ ބަޔަކު އެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިއްޔެ އެ ސަރަހައްދަށް ޖަމާވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެން އާއިލާތަކާ ސަލާމް ކުރައްވައިފަ އެވެ.އީދާ ގުޅުވައިގެން ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ސްޓޯލުތަކުގައި ކުޑަކުދިން ގަޔާވާނެ ކާޓޫނު ކެރެކްޓާތައް ވެސް ވަނީ ހިމަނައިފަ އެވެ.