ޚަބަރު
މާދަމާ އަކީ ރަމަޟާން މަހުގެ 30، އީދަކީ ހުކުރު
އަންނަ ހުކުރު ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ހަނދު ސާބިތުކުރުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން އިއްވި ބަޔާނުގައި ބުނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ޝަރުއީ ހަމަތަކުގެ މަތިން ހަނދު ސާބިތުވެފައި ނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ސާބިތުވި ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައި ނުވާތީ، ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި އަމަލުކުރާ އުސޫލުގެ މަތިން މާދަމާ އަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައެޅީ ކަމަށެވެ. 

މީގެ އިތުރުން އިސްލާމި އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު ފެނުނުކަމުގެ މައުލޫމާތު ރަސްމީ ގޮތުން ލިބިފައިނުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންވެ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާ -- މާޗް 19 ވާ ބުރާސްފަތި ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި އަދި މާޗް 20 ވާ ހުކުރު ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާ ކަމަށް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު