
މި މުނާސަބާ ހާއްސަވާ އެއް ސަބަބަކީ، އެ މަނިކުފާނު ފާހަގަކުރެެއްވި ގޮތުގައި، ބަރަކާތްތެރި ރަމަލޯން މަހުގެ މަތިވެރި އަޅުކަމަށް ފަހު އައުމެވެ.މީގެއިތުރުން މި އަހަރުގެ ޢީދުގެ އުފާ އިސްލާމީ އުންމަތާ ބައްދަލުކުރިއިރު، އުންމަތް މިވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށާއި ހާއްސަކޮށް، ފަލަސްތީނުގައި، އާންމުކޮށް މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމު އެތައް އަހުންނެއް، އުހުތުންނެއް ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި ތިބިކަން ރައީސް ފާހަގަކުރެއްވި އެވެ."އިސްލާމްދީނުގައި އެއްވެސް ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ މިންގަނޑުން ބޭރުވުމެއް ނެތެވެ. އީދުގެ އުފާ ފާޅުކުރުން ވެސް އޮތީ އެގޮތުގަ އެވެ. އެހެންކަމުން، އީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމު" ކަމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ."މުއުމިނުންގެ މިސާލަކީ، އެއް ހަށިގަނޑެއްގެ މިސާލު ކަމަށްވާތީ، މި ހުރިހާ ވޭނެއްގައި އަޅުގަނޑުމެން ބައިވެރިވަމު އެވެ. މި ހާލަތުގައި އެދެވެނީ އަވަސް ގޮތެއްގައި އެ ލޮބުވެތި އަހުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަމެވެ. މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތެވެ،" ރައީސް ވިދާޅުވި އެވެ."އީދު ހަވީރު 1447"ނަމުގައި ސަރުކާރުގެ ކުންފުނިތަކާއި އިދާރާތައް ގުޅިގެން މިއަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފަ އެވެ.