
އީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:00 ން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލިއާގޭގަ އެވެ. އާއިލާތަކާއެކު ވީހާ ވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާ ވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވުމަށް ވެސް ރައީސް ދެކަނބަލުން ދައުވަތު އަރުވައެވެ.ރައީސް އޮފީހުން ބުނީ ޢީދު ސަލާން ކުރުމަށް ދާ މީހުން މުލީއާގެއަށް ވަންނަން ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. އަދި މުލީއާގެއަށް ދެވޭނީ ޝަހީދު އަބްދުالله ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުންނެވެ،