ޚަބަރު
އީދު ފާހަގަ ކުރާނެ ގޮތުގެ ޕްލޭނެއް އިސްލާމިކް މިނިސްޓްރީން ހަދަނީ
ކުޅުދުއްފުށީގައި އީދު ފާހަގަ ކުރަނީ
އަންނަ އަހަރުން ފެށިގެން މާލެ އާއި ރަށްރަށުގައި އީދު ފާހަގަކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަހީމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ 1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަކަރަކުވެސް އީދުތައް ފާހަގަކުރުމާ ބެހޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާއްސަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

ޝަހީމް ވިދާޅުވި ގޮތުގައި މިޕްލޭނަކީ މާލެއާއި އަތޮޅުތަކުގައި އީދު ފާހަގަކުރުމާ ގުޅޭ ހާއްސަ ޕްލޭނެކެވެ. އެޕުލޭނުގެ ދަށުން އީދު ފާހަގަކުރުމުގެ ކަންކަން ހުރިހާ ހިސާބެއްގައި ވަކި އުސޫލުތަކެއްގެ ތެރެއިން އިންތިޒާމުކުރެވިގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. 

ޑރ.ޝަހީމު އިތުރަށް ވިދާޅުވެފައިވަނީ އެ މަސައްކަތް ރޭވުމުގެ މަސައްކަތްކުރަނީ އެ ވުޒާރާގެ ހާއްސަ ކޮމިޓީއަކުންނެވެ. މިހާރު ކޮމިޓީން މަސައްކަތް ފަށާފައިވާކަމަށް ޝަހީމް ވިދާޅުވި އެވެ. 

އީދުގެ އުފާ ފާޅު ކުރާއިރު އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި، ދިވެހިންގެ ރީތީ އާދަކާދައާ ހިލާފް ކަންކަމުން ދުރުވެ ތިބުމަށް މިނިސްޓްރީން މިއަހަރު ވެސް އިލްތިމާސް ކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު