އުރީދޫން އީދު ސައި ބަހަނީ. - ފޮޓޯ/އުރީދޫ
މި ފަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ހަރަކާތްތައް އުރީދޫއާ ގުޅިގެން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިއީ، އުރީދޫން ބުނި ގޮތުގައި، މުޖުތަމައުގައި އީދުގެ އުފާ ފާޅުކުރުމާއި އެއްބައިވަންތަކަން އިތުރު ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.އުރީދޫން ކޮންމެ އީދަކާ ގުޅުވައިގެން ކުރިއަށްގެންދާ އީދު ބޯކިބާ ބެހުން، މި އީދުގައި ވެސް އުރީދޫގެ ޓީމުން ވަނީ މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފަ އެވެ.މިއީ ޒަމާނުއްސުރެ އީދު ނަމާދަށް ފަހު ހެނދުނުގެ ސަޔާ އެކު ބޯކިބާ ކެއުމުގެ ސަގާފީ އާދަކާދައާ ގުޅުވައިގެން އުރީދޫން ކުރިއަށްގެންދާ ހަރަކާތެކެވެ.އޭގެ އިތުރުން މާލެ ސަރަހައްދުގައި އެމްއެންޑީއެފުން އިންތިޒާމުކުރާ 'ޢީދު އުފާ' ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް އިތުރަށް ފޯރިގަދަކޮށް، އުފާވެރި މާހައުލެއް ބިނާކުރުމަށްޓަކައި އުރީދޫން ވަނީ އެ ހަވީރުގައި ފޯމް ޕާޓީ ބޭއްވުމަށް އެހީތެރިވެފަ އެވެ. އަދި އުރީދުއަކީ ތ. ކިނބިދޫގެ 'ބޮޑު ކުނބުސް' ސަަގާފީ ހަރަކާތުގެ އެއް ޕާޓްނަރެވެ. މިއީ އެ ރަށުގެ ރައްޔިތުން އެކުވެގެން ސަގާފީ ބޮޑު ކުނބުސް ފިހެ، ރަށުގެ ކޮންމެ ގެއަކަށް އީދު ހަދިޔާއެއްގެ ގޮތުގައި ބަހައި، ވަރަށް ފާހަގަކޮށްލެވޭ ތާރީހީ އަދި ސަގާފީ ހަރަކާތެކެވެ.
ރާއްޖޭގެ އެކި ސަަރަހައްދުތަކުގައި ކައުންސިލްތަކާއި ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ އީދު އުފާ ފާޅުކުރުމުގެ އެކި ހަރަކާތްތަކުގައި، އޫރީދޫ މޯލްޑިވްސް އިން "ޑިޖިޓަލް ޕާޓްނަރު" ގެ ގޮތުގައި ވަނީ ބައިވެރި ވެފަ އެވެ. ޕާޓްނާ ވެފައިވާ ހަރަކާތްތަކުގެ ތެރޭގައި:
- އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކުރާ "އައްޑޫ ސިޓީ އީދު ސަމާ 1447
- މިޝްކާތު ފައުންޑޭޝަނުން މަރަދޫފޭދޫގައި ބާއްވާ "މަރަދޫފޭދޫ އީދު ފޯރި 1446"
- ބ. ކަމަދޫ ކައުންސިލުން ބާއްވާ "ކަމަދޫ އީދު އުފާ 1447"
- ރ. ރަސްމާދޫ ކައުންސިލްގެ "ރަސްމާދޫ އީދުލްއަޟްޙާ 1447"
- ރ. ދުވާފަރު ކައުންސިލްގެ "ދުވާފަރު އަލްހާ އީދު ފޯރި 1447"
- ކ. ތުލުސްދޫ ކައުންސިލްގެ "ތުލުސްދޫ އަލްހާ އީދު 1447"
- ގދ. މަޑަވެލި ކައުންސިލްގެ "މަޑަވެލި ބޮޑު އީދު 1447"
- ވައި.ޑީ ސްޕޯޓްސް ކްލަބުން ވިލިމާލޭގައި ބާއްވާ "ވައި.ޑީ ވިލި އީދު ފޯރި"
އުރީދޫ އަކީ އަބަދުވެސް ކޮންމެ ޢީދަކާ ދިމާކޮށް މިފަދަ އެތައް ހަރަކާތެއް ކުރިއަށް ގެންދަމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލަން ޖެހެއެވެ.