
އެ ކޮމިޝަނުން ބުނިގޮތުގައި ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރީ 350ރ. އިންނެވެ. މިއީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޮމިޝަންގެ ނިންމުމަކަށް އަމަލު ނުކޮށްގެން ރައީސް އޮފީހުގެ މައްސަލައެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައިވެ އެވެ.އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ހައުސިން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ބުނެ އައިކޮމް އަށް ހުށަހަޅާފައިވާ ޝަކުވާއެއް ބެލުމަށްޓަކައި އެ މިނިސްޓްރީއާ އެކު މި މަހުގެ ހަތްވަނަ ދުވަހު ބައްދަލުވުމެއް ތާވަލުކުރި ކަމަށެވެ.މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ބުނެފައި ވާގޮތުން، ބައްދަލުވުމަކަށް ހާޒިރުވާން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި ނަމަ މަގުބޫލު ސަބަބެއް މެދުވެރިވެގެން ނޫނީ ހާޒިރު ވާން ޖެހޭނެ އެވެ. މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރު ވެވެން ނެތްނަމަ ބައްދަލުވުން ފެށުމުގެ މަދުވެގެން އެއްގަޑިއިރު ކުރިން އެކަން އަންގަންވާނެ ކަމަށް މަހޯލި ގަވާއިދުގައި އޮވެ އެވެ.ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރީ އެ ގަވާއިދުގައި ބަޔާންކޮށްފައި ވާގޮތަށް އަމަލު ނުކުރުމުން ކަމަށް އައިކޮމް އިން ބުންޏެވެ.