ޚަބަރު
ހުޅުމާލޭ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށް ހުޅުވައިފި
ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް މިއަދު ހުޅުވައިފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވަނީ އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހިންގުމުގެ ރަޖިސްޓްރޭޝަނާއި އޮޕަރޭޓިން ލައިސެންސް ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމްއާ ހަވާލު ކުރައްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ އެ މަގާމު އޭނާއާ ރައީސް މުއިއްޒު ހަވާލު ކުރެއްވީ މާލެ ސިޓީ ގްރޫޕުގެ ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ކުރިއެރުމާއި އާ އީޖާދުތައް ގެނައުމަށާއި ފާއިތުވި ދުވަސްތަކުގައި އަލާނުލާއި އޮތް ދާއިރާތަކަށް އިންގިލާބީ ބަދަލެއް ގެނެސްދިނުމަށް އެދިވަޑައިގެން ކަމަށެވެ.

މީގެ 20 އަހަރު ކުރިން ސިއްހީ މަރުކަޒެއްގެ ގޮތުގައި ހުޅުމާލޭގައި ހުޅުވި މި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް މިއަދު އިފްތިތާހުކުރީ އާ ހިދުމަތްތަކާ ވެސް އެކުގަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • 10 އެނދުގެ އައިސީޔޫއެއް

  • 14 އެނދުގެ އެންއައިސީޔޫ؛ މިތަނުގައި ތުއްތު ކުދިންނަށް ފަރުވާދޭން ނިއުނޭޓަލް ވެންޓިލޭޓަރު، އިންކިއުބޭޓަރު އަދި ފޮޓޯތަރަޕީ ޔުނިޓުތައް ހިމެނޭ

  • ސެންޓްރަލް ސްޓެރައިލް ސާވިސަސް ޑިޕާޓްމަންޓް (ސީއެސްއެސްޑީ)

  • ހަތަރު އޮޕަރޭޝަން ތިއޭޓަރު؛ މިތަނުގައި ހިމެނެނީ ޒަމާނީ ފެންވަރުގެ ކަށީގެ ހާއްސަ ތިއޭޓަރަކާއި ލޮލުގެ ހާއްސަ ތިއޭޓަރަކާއި އަންހެނުންގެ ހާއްސަ ތިއޭޓަރެއްގެ އިތުރުން ޖެނަރަލް ސާޖަރީތަކަށް ހާއްސަ ތިއޭޓަރެއް


މިއަދުގެ ރަސްމިއްޔާތަށް ފަހު ރައީސް މުއިއްޒު ވަނީ އަލަށް ހިދުމަތް ފެށި ޑިޕާޓްމަންޓްތަކަށް ވަޑައިގެން އެ ތަންތަން ބައްލަވާލައްވައިފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު