ޚަބަރު
ޔާމީން ގެއަށް ބަދަލުކުރީ ރައީސް މުއިއްޒު އެދިވަޑައިގެންނެއް ނޫން: ސޯލިހު
ރިޔާސީ އިންތިހާބަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅަށް ބަދަލުކުރަންް އެއިރު އިންތިހާބީ ރައީސްގެ ގޮތުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް އެއިރު އެދިވަޑައިގެންފައިނުވާކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގަތީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވުމަށެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވާ ގޮތުގައި އެމަނިކުފާނު ގެކޮޅަށް ބަދަލުކުރެއްވީ ސީދާ ރައީސް ސޯލިހެވެ. އެކަން ކޮށްދެއްވުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފައިނުވާކަމަށް ޔާމީން ވިދާޅުވި އެވެ. 

ޔާމީންގެ ވާހަކަފުޅުތަކަށް ރައްދުދެއްވައި ސަރުކާރުގެ ބައެއް ވެރިންވަނީ ރައީސް މުއިއްޒު ޔާމީން މިނިވަންކުރައްވަން ރައީސް ސޯލިހަށް ފޮނުއްވި މެސެޖުތައް އެބަހުރިކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް މުއިއްޒުވަނީ އެމަނިކުފާނު ފޮނުއްވި މެސެޖުތައް ޑިލީޓުނުކުރައްވާނަމަ ސޯލިހުގެ އަތްޕުޅުގައި މެސެޖުތައް ހުންނާނެކަމަށްވެސް ވިދާޅުވެފަ އެވެ. 

އެކަމާއި ގުޅޭ ހަގީގަތްތައް ހާމަކުރައްވަމުން ކުރީގެ ރައީސް ޞާލިހު ވިދާޅުވީ ރައީސް މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވި ދުވަހުގެ ރޭ އެ މަނިކުފާނަށް ގުޅުއްވާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެ ކޯލްގައި ރައީސް ޔާމީން ދޫކޮށްލުމުގެ ވާހަކަ އެއްވެސް މިންވަރަކަށް ރައީސް މުއިއްޒު ފާހަގަ ނުކުރައްވާ ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން ރައީސް މުއިއްޒު އާއި ބައްދަލުކުރައްވާފައިވާނެ ކަމަށް ފާހަގަކުރައްވާ ރައީސް ޞާލިހު ވަނީ އެކަމުގެ ތަފްސީލްތައް ހިއްސާކުރައްވާފަ އެވެ.

"އަޅުގަނޑު ފޯނުކުރީ އިންތިހާބު ކާމިޔާބުކުރެއްވީތީ މަރުހަބާ ކިޔައިލާ، ޕީސްފުލްކޮށް މިކަންކަން ކުރިއަށްގެންދަން ވާހަކަދައްކާލަން. ހަމަ ގައިމުވެސް އެ ފޯނު ކޯލުގައި އެކަހަލަ އެއްވެސް ވާހަކައެއް ވިދާޅުނުވޭ،" ސޯލިހު ވިދާޅުވި އެވެ. 

އޭގެ ފަހުން ޖެހިގެން އައި އޮކްޓޯބަރު އެއްވަނަ ދުވަހުގައި ރައީސް މުއިއްޒާ ރައީސް އޮފީހުގައި ބައްދަލުކުރެއްވިކަމަށާއި، ބައްދަލުވުމަށް ވަޑައިގަތީ ރައީސް މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމްކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ އެ ބައްދަލުވުމުގައިވެސް ވާހަކަދެކެވުނީ އިންތިގާލީ މަރުހަލާއާ ގުޅޭ ގޮތުން ކަމަށެވެ. 

އިތުރަށް ސޯލިހު ވިދާޅުވީ އެ ހިސާބުން ރައީސް އަރިހުގައި ރައީސް ޔާމީން ގެކޮޅަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ލޯންޗަށް މިހާރު އަރާވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނު ވަޑައިގަންނަވާތަނަށް އެ ބޭފުޅުން ވަޑައިގަންނަވަންވީ ނޫންތޯ ސުވާލުކުރެއްވުމުން ރައީސް މުއިއްޒާއި އަބްދުއްރަހީމަށް ލިބިވަޑައިގަތީ ހައިރާންކަމެއް ކަމުގައި ވިދާޅުވި އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެއަށް ބަދަލުކުރީ ރައީސް މުއިއްޒު ކަމަށް އެ މަނިކުފާނު ވިދާޅުވި ނަމަވެސް ކުރީގެ ރައީސް ޔާމީން ވެސް އެކަން ދޮގުކުރައްވާކަން ފާހަގަކޮށްލެވެއެވެ.


 



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު