ވިޔަފާރި
ސީ-ޓު-އެއާ ހިދުމަތުން 1،000 ޓަނުގެ މުދާ އެކްސްޕޯޓްކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާއި އެމްޕީއެލް އަދި ކަސްޓަމްސް ގުޅިގެން ފޯރުކޮށްދެމުންދާ ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމެންޓު ހިދުމަތުގެ ތެރެއިން 1،000 ޓަނުގެ މުދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ބޭރުކޮށްފި އެވެ. 

ސީ ޓު އެއާ ކާގޯ ހިދުމަތަކީ ކަނޑު މަގުން ރާއްޖެއަށް އަންނަ މުދާ ރާއްޖޭގައި ޓްރާންސިޓްކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމުގެ ގޮތުން ދޭ ހިދުމަތެކެވެ.

ސީ ޓު އެއާ ކާގޯ ހިދުމަތް ދިނުމަށް 12 އެއާލައިން ވަނީ ހިދުމަތާ ގުޅިފަ އެވެ. މީގެތެރޭގައި ޓާކިޝް، އެމިރޭޓްސް، އިއްތިހާދު، ގަތަރު، އޭރޯފްލޮޓް، ނިއޯސް، ޑިސްކަވާ، ގަލްފް އެއާ، އޮސްޓްރިއަން، ބްރިޓިޝް އެއާވޭސް އަދި ކޮންޑޯ އެވެ. 

މި އަހަރުގެ މެއިމަހުގެ ތެރޭގައި ފެށި މި ހިދުމަތުގައި މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކޮށްފައި ވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގާމެންޓް ޝިޕްމެންޓްތައް ކަމަށް އެމްއޭސީއެލުން ބުނެ އެވެ.

އެމްއޭސީއެލް އިން ބުނީ އާ އެއާލައިންތަކުން އެ ހިދުމަތާއި ގުޅުމުން ވީއައިއޭގެ ކާގޯ ހިދުމަތް އިތުރަށް ފުޅާވާނެ ކަމަށެވެ. އެ ކުންފުނިން އެ ހިދުމަތާ އެކު އެއާޕޯޓުގެ ކާގޯ ހިދުމަތް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ވެސް ބުންޏެވެ.

ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ ހިއްސާ އޮތުމުގެ ފައިސާ އިގްތިސާދަށް ބޮޑު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު